Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގައި ހިންގި ބަސް އެކްސިޑެންޓެއްގައި 6 ސްކޫލްދަރިވަރުން މަރުވެއްޖެ

އިންޑިއާގައި ސްކޫލް ކުދިންތަކެއް ގޮވައިގެން ދަތުރު ކުރަމުންދިޔަ ބަހެއް އެކްސިޑެންޓުވެ ހަ ކުދިން މަރުވެ ގިނަ އަދަދެއްގެ ކުޑަކުދިން ޒަހަމްވެއްޖެއެވެ.

ހަރިޔާނާ ސްޓޭޓްގައި މި އެކްސިޑެންޓު ހިނގާފައި ވަނީ 40 ދަރިވަރުން ގޮވައިގެން ދަތުރު ކުރި ބަސް، ބޮޑު ގަހެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓު ހިނގުމުގެ ގޮތުން ޑްރައިވަރު ވަނީ ދަރިވަރުން ދޫކޮށްލާފައި ބަހުން ފުންމާލައިފައެވެ. މި އެކްސިޑެންޓުގައި ހަ ކުއްޖަކު މަރުވި އިރު، އިތުރު ތިން ކުއްޖަކަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެ ކުދިންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަސް ޑްރައިވަރާއި ސްކޫލްގެ ސެކްރެޓަރީ ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި ބަސް ޑްރައިވަރު އިނީ ބަނގުރާ ބޮއެގެން މަސްތުގެ ހާލަތުގައެވެ. އަދި ސްކޫލް ބަސް ބޭނުން ކުރުމަށް ދޫކޮށްފައިވާ ހުއްދަ ވެސް 2018 ގައި ހަމަވެފައިވާ އިރު، ލިޔެކިޔުންތައް ވެސް ހުރީ މުއްދަތު ހަމަވެފައި ކަމަށްވެއެވެ.

ކުދިން ގޮވައިގެން ދަތުރުކުރާ ވަރަށް ބަހުގެ ހާލަތުވެސް ރަނގަޅު ނޫން ކަމަށާއި ޑްރައިވަރު މަސްތުގެ ހާލަތުގައި އިނުމުން ބަސް ކޮންޓްރޯލް ނުވެ ގޮސް ގަހެއްގައި ޖެހުނީ ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް ފުލުހުން ކުރި ތަހުގީގުން އެނގުނީ އެކްސިޑެންޓު ހިނގުމުގެ ބައިގަޑިއިރު ކުރިން އާންމުންގެ ބަޔަކު އެ ބަސް ހުއްޓުވައި ޑްރައިވަރު މަސްތުގެ ހާލުގައި އިނުމުން އެކަން ސުކޫލުގެ ސަމާލު ކަމަށް އެންގި ކަމެވެ. އަދި ބަސް ޑްރައިވަރާ މެދުގައި އާންމުން ކުރިން ވެސް ޝަކުވާ ކުރާ ކަމަށް ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހަކީ އިންޑިއާއަށް އީދު ދުވަހަށްވެފައި ސްކޫލް ބަންދު ދުވަހަކު ކުދިން ސްކޫލަށް ގެންދިޔުމާއި ގުޅިގެން ފުލުހުން ވަނީ އެޑިއުކޭޝަން މިނިސްޓަރާ ވެސް ސުވާލުކޮށްފައެވެ.

އިންޑިއާގައި ބަސް އެކްސިޑެންޓްތަކާޢި، ރޭލް އެކްސިޑެންޓްތައް ހިނގުމަކީ ވަރަށް ޢާއްމުކަމެކެވެ. ރަނގަޅަށް ބެލެހެއްޓިފައި ނުހުންނަ އުޅަނދުތަކާއި، މާބޮޑަށް ބައުވެ، ރައްކާތެރިކަމުގެ ހަރުދަނާ މިންގަނޑުތަކެއް ނެތުމާއި، ބަހާއި ރޭލުތަކުގައި މީހުން ގިނަވުމަކީ ދަތުރުފަތުރުގެ މައްސަލަތައް ގިނަވުމަށް މަގުފަހިވާ ކަމެކެވެ.

މި ލިއުމާއި ގުޅޭ