Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ ފޭސް 2

ހުޅުމާލޭ ދެވަނަ ފިޔަވަހި ކައިރިން މޫދަށް އެރިއުޅެނިކޮށް ގެއްލުނު މީހަކު ހޯދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދަށް އެރިއުޅެނިކޮށް ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި އެމީހާ ގެއްލުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ފުލެޓުތަކާ ދިމާލުން މޫދަށް ފައިބައިގެން އުޅެނިކޮށެވެ. އޭނާގެ ޚަބަރެއް ނުވެގެން ފުލުހަށް އަންގާފައިވަނީ މިރޭ 21:30 ހާއިރުކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު މީހާއަކީ އެ ސަރަހައްދުން ބޯވާ ނެގުމަށް މޫދަށް އެރިއުޅުނު މީހެކެވެ.

ފުލުހުން ބުނީ އޭނާ ގެއްލުނުކަން ފުލުހުންގެ ސަމާލުކަމަށް އައުމާއެކު އެކަމުގެ މައުލޫމާތު ޤައުމީ ދިފާއީ ބާރާއި ފުލުހުންގެ މެރިޓައިމް ޕޮލިސްއާ ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ގެއްލިފައިވާ މީހާއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ފުލުހުން މީޑިއާއާ ހިއްސާކޮށްފައިނުވެއެވެ. އަދި އޭނާގެ ވަނަވަރުވެސް ފުލުހުން ހާމަނުކުރެއެވެ.

މި ލިއުމާއި ގުޅޭ