Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

އިސްރާއީލް ހިމެނޭހެން ބައެއް ގައުމުތަކަށް ދަތުރު ނުކުރުމަށް ފަރަންސޭސިވިލާތުން އިލްތިމާސްކޮށްފި

އިސްރާއީލާއި، އީރާން ހިމެނެހޭން ބައެއް ގައުމުތަކަށް ދަތުރު ނުކުރުމަށް ފަރަންސޭސިވިލާތުން އިލްތިމާސްކޮށްފިއެވެ.
ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އީރާނާއި ލުބްނާނާއި އިސްރާއީލާއި ފަލަސްތީނުގެ ބިންތަކަށް ދަތުރުނުކުރުމަށް އެޤައުމުގެ ރައްޔިތުންނަށް އިންޒާރު ދީފައިވާ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާއެއްގައި ދެ ޖެނެރަލުން ހިމެނޭ ގޮތަށް ހަތް ރިވޮލިއުޝަނަރީ ގާޑުން ޝަހީދުކޮށްލުމާ ގުޅިގެން، މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރުވެދާނެ ކަމުގެ ބިރު ހީވެފައިވާއިރު، އީރާނުން ވަނީ އިސްރާއީލާ ދެކޮޅަށް ބަދަލު ހިފުމުގެ އިންޒާރު ދީފައެވެ.
ފްރާންސްގެ ޚާރިޖީ ވަޒީރު ސްޓެފަން ސެޖޯން ވެސް ވަނީ އީރާނުގައި ތިބި ފަރަންސޭސި ޑިޕްލޮމެޓުންގެ އާއިލާގެ މެމްބަރުން ނެރުމަށާއި ފްރާންސްގެ ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކު ލިސްޓުކޮށްފައިވާ ގައުމުތަކަށް މިޝަންތަކުގައި ނުފޮނުވުމަށް ވެސް އެދިވަޑައިގެންފައެވެ.
ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް އިން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލާ ދެކޮޅަށް ދިން ހަމަލާއަށް ފަހު އިސްރާއީލުން ދަނީ ޣައްޒާއަށް ބޮން އަޅަމުންނެވެ. އަދި ސީރިއާ އާއި ލުބްނާނުގައި ހަރަކާތްތެރިވާ އީރާނުގެ ސިފައިންނާއި ބައިވެރިންނާ ދެކޮޅަށް ވެސް ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ.
ޣައްޒާގެ އެންމެ ފަހުގެ ހަމަނުޖެހުންތައް ފެށުނީއްސުރެ އިޒްރޭލުން ވަނީ ލުބުނާނުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހިޒްބުالله ޖަމާއަތާ އެކު ބޯޑަރު ހުރަސްކޮށް ކޮންމެދުވަހަކުވެސް ބަޑީގެ ހަމަލާތައް ބަދަލުކޮށްފައެވެ.
މި ލިއުމާއި ގުޅޭ