Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އައްޑޫއަށް، މިރޭ ރައްޔިތުންނާ ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނުރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި މިރޭ އައްޑޫ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި އައްޑޫއަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި ހައްދުންމައްޗަށް ވަޑައިގެން އެ އަތޮޅުގެ ރަށްތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި އެ ކައުންސިލުތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހުއެވެ. ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ރައީސްވަނީ އެ އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

އަދި އެ ދަތުރުފުޅުގެ ތެރެއިން ހައްދުންމަތީގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތަކުގެ ފަހުމުނާމާގައި ސޮއިކޮށްފައިވެއެވެ. އެގޮތުން ލ.ގާދޫގައި މެރިޓައިމް ހަބެއް ޤާއިމުކުރުމުގެ އެއްބަސްވުމާއި، ލ.ގަން އެއާޕޯޓަކީ އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމާ ގުޅޭ ފަހުމުނާމާގައި ސޮއިކޮށްފައިވެއެވެ.

އަދި ކުރިއަށް އޮތް ތަނުގައި ހައްދުންމަތީގެ ތަރައްޤީއަށް ހިންގުމަށް ސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫޢުތަކެއްގެ ތަފުސީލުތައް ރައީސް އަދި ސަރުކާރުން މި ދަތުރުފުޅުގައި ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި އިތުރު ރިސޯޓުތައް ތަރައްޤީކުރުން ހިމެނެއެވެ.

ހައްދުންމަތީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ހަވީރު އައްޑޫ ސިޓީއަށް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. މި ދަތުރުފުޅަކީ އައްޑޫގައި މިރޭ އޮންނަ ޕީއެންސީގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:15 ގައެވެ. އެ ބައްދަލުކުރެއްވުން އޮންނަނީ އައްޑޫ ހައިސުކޫލުގެ ހޯލުގައެވެ.

މި ލިއުމާއި ގުޅޭ