Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

އަސްލު އެމްޑީޕީއަކީ އަޅުގަނޑުމެންގެ ޑިމޮކްރެޓްސް: ރައީސް ނަޝީދު

އަސްލު އެމްޑީޕިއަކީ ޑިމޮކްރެޓްސްގެ މެންބަރުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެސްގައި ވިދާޅުވީ ސަރުކާރަށް ފާރަވެރިވެވޭނީ ކުރީގައި ވެސް އެކަން ކުރި މީހުންނަށް ކަމަށާއި އެއީ ޑިމޮކްރެޓްސްއަށް ކަމަށެވެ.

އެގޮތުން އެމްޑީޕީ ގިނަ މަޖިލިސް މެންބަރުން ކޮންޓްރެކްޓްއެއްގެ ބޭނުމުގައި ފާރަވެރިވުން މުޅިން ދޫކޮށްލާފައިވާކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
"ދެންވެސް އެމްޑީޕީ މަޖިލިސް މެންބަރުން ގުޑާނީ ކޮންޓްރެކްޓަށް، އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސް އަތުގައި." ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަސްލު އެމްޑީޕީއަކީ އަޅުގަނޑުމެން"
ރައީސް ނަޝީދު

ޑިމޮކްރެޓްސްއަކީ ރައީސް ނަޝީދާއެކު އެމްޑީޕީގެ މެންބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން އުފެއްދެވި ޕާޓީއެކެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީން ވަކިވުމުގެ ކުރިންވެސް ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އެމްޑީޕީން ގަބޫލުކުރާ ޕާޓީގެ އަސާސްތައް މިހާރު އެ ޕާޓީން ނުހިފަހައްޓާ ކަމަށް ބުނެފައެވެ.

މި ލިއުމާއި ގުޅޭ