Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޝަހީމް އަލީ ސައީދު

ޔަތީމު ކުދިން ބޮޑުވަންދެން ޒަކާތު ހައުސް އިން އެހީ ލިބޭނެ ނިޒާމެއް

ޒަކާތު ހައުސް އިން ޔަތީމު ކުދިންނަށް ދާއިމީ ގޮތެއްގައި މާލީ އެހީތެރިކަން ދެވޭނެ ނިޒާމެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ،ޔަތީމު ކުދިންނަށް ޒަކާތު ހައުސް އިން ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު މާލީ އެހީތެރިކަމެއް ދެވޭނެ ގޮތަކަށް ނިޒާމެއް ގާއިމްކުރައްވާނެ ކަމަށެވެ.
އަދި އެ ނިޒާމުގެ ދަށުން ޔަތީމު ކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު އެހީތެރިކަން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ނިޒާމު ފެށޭނެ ސީދާ ތާރީހެއް މިނިސްޓަރު ހާމައެއްނުކުރައްވަ އެވެ.
ޒަކާތާބެހޭ މުސްތަގިއްލު ވަކި މުވައްސަސާއެއްގެ ގޮތުގައި ރާއްޖޭގެ ޒަކާތު ހައުސްއެއް ގާއިމްކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިގެން ގާއިމްކުރި ޒަކާތު ހައުސްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމެވެ.
އެގޮތުން، މި އަހަރުގެ ރޯދަ މަހު ފިތުރު ޒަކާތުން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށްފަހު ބާކީހުރި ގޮވާމާއި ޒަކާތު ހައުސްއަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ބައެއް ވެސް ވަނީ ކުޑަކުދިންގެ ހިޔާއަށާއި ފިޔަވަތި އަދި ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ