Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

ގާދޫގައި ބަންކަރިން ޕޯޓެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ލ. ގާދޫގައި ބަންކަރިން ޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު އިސްދޫ އަދި ކަލައިދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ އިތުރުން، ގާދޫގައި ބަންކަރިން ޕޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ގާދޫ ވިޔަފާރި ބަނދަރުގެ އިދާރީ އެކި މަސައްކަތްތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ މާޗު މަހު ވަޒީފާތައް ވެސް އިއުލާންކުރި އެވެ.
"ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިފަ. އެގޮތުން ހިއްކަންޖެހޭ ބިން ހިއްކުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ. އަދި ގާދޫގައި ބަންކަރިން ޕޯޓެއްގެ މަސައްކަތް އެމްޕީއެލްއާއިއެކު ކުރިއަށްގެންދިއުމުގެ މަސައްކަތްވެސް މިހާރު އެވަނީ ތައްޔާރުވެފަ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި އެއީ ލ. އަތޮޅަށް މީގެ ކުރިން ދުވަހަކުވެސް އައިސްފައިނުވާ ވަރުގެ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކެވެ.
ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ދިނުމަށްޓަކައި ސަރުކާރުން ވަނީ ވިޓޯލް ބަންކާސްއާއެކު ޓާމް ޝީޓުގައި ސޮއިކޮށްފަ އެވެ. އެގޮތުން، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
މި ލިއުމާއި ގުޅޭ