Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

މުހިއްމު ތިން ކުޅުންތެރިން ފިޓުވެ ކްލޮޕަށް ހިތްހަމަޖެހުން

އަނިޔާގެ ސަބަބުން މެޗުތަކެއް ގެއްލުނު ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ އާނޯލްޑާއި ގޯލްކީޕަރު އެލިސަން ބެކާ އަދި ފޯވާޑް ޑިއޯގޯ ޖޯޓާ ފިޓްވެފައިވާކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އަނިޔާގެ ސަބަބުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ތިން ކުޅުންތެރިން ވެސް މެޗުތަކުން ނުފެނެ އެވެ. އެކަމަކު މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެ ތިން ކުޅުންތެރިން އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ޔޫއެފާ ޔޫރޮޕާ ލީގުގައި ލިވަޕޫލް މިރޭ ނުކުންނާނީ އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށެވެ.

"އެކުޅުންތެރިން ޓީމަށް ބޭނުންވާކަން ވަރަށް ސާފު. އެކަމަކު އެކުޅުންތެރިން ޓީމުގައި ބޭނުންކުރާނީ އެންމެ ރަނގަޅު ހާލަތުގައި ތިބެގެން" މިރޭގެ މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މިރޭގެ މެޗުގައި އެކުޅުންތެރިން ބޭނުންކުރާނެތޯ އަދި ނުނިންމާ ކަމަށެވެ.

ސީޒަނުގެ ފުރަތަމަ މުބާރާތް، އިނގިރޭސި ލީގު ކަޕް ލިވަޕޫލުން ވަނީ ކާމިޔާބުކޮށްފަ އެވެ. ލީގުގައި މިވަގުތު އެޓީމު އޮތީ ދެ ވަނައިގަ އެވެ. އެޓީމު އަންނަނީ ޔޫރޮޕާ ލީގު ތައްޓަށް ވެސް ވާދަކުރަމުންނެވެ.

ކްލޮޕް ބުނީ ސީޒަނުގެ މިހިސާބުން ގިނަ މެޗުތަކެއް ކުޅެން ޖެހޭއިރު ކުޅުންތެރިން ފިޓްކޮށް ތިބެން އޭނާ ބޭނުންވާކަމަށެވެ.

"ގިނަ މެޗުތަކެއް އޮތްއިރު ހުރިހާ ކުޅުންތެރިން ވެސް ބޭނުން. ޓީމުގައި ކޮލިޓީ ހުރެގެން ބާކީ އޮތް ހުރިހާ މެޗަކުން މޮޅުވާން ބޭނުންވޭ" މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ކޯޗު ބުންޏެވެ.

ލިވަޕޫލް ދަނޑުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ދަންވަރު 12 ޖަހާއިރު އެވެ.

މި ލިއުމާއި ގުޅޭ