ތ. ވިލުފުށީ ކައިރީ ފަޅު ރަަށަކަށް ދަތުރު ގޮސްގެން އުޅުނު ކުޑަކުއްޖަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ފަޅުރަށަކަށް ދަތުރު ގޮސްގެން އުޅުނު ކުއްޖާ ގެނބިގެން ވިލުފުށީ ހެލްތު ސެންޓަރަށް ގެންދިޔައީ މެންދުރު 12:45 ހާއިރު ކަމަށެވެ.
އެ ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.