އެމެރިކާގެ ސްކޫލެއްގައި ބަޑިން ހަމަލާދީ ކުދިންތަކެއް މަރާލި ކުއްޖާގެ މައިންބަފައިން ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
މިޝިގަންގެ ހައި ސްކޫލެއްގައި ދަރިވަރަކު އޭނާގެ ކްލާހުގެ އެހެން ކުދިންނަށް ބަޑިން ހަމަލާދީ ހަތަރުކުދިން މަރާލީ 2021 ވަނަ އަހަރުއެވެ.
ބަޑިޖެހި ކުއްޖާގެ މައިންބަފައިން ކަމަށްވާ ޖެނިފާ އާއި ޖޭމްސް ކްރަމްބްލީގެ މައްޗަށް އޮކްލޭންޑް ކައުންޓީގެ ފަނޑިޔާރަކު ވަނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ދެ މައިންބަފައިންނަކީ ސްކޫލެއްގައި ކުޑަކުއްޖަކު ކުރި ނުރައްކާތެރި އަމަލެއްގެ ކުށުގައި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވި އެމެރިކާގެ ފުރަތަމަ މައިންބަފައިންނެވެ.
މި އަދަބުތައް ދީފައި މިވަނީ ކްރިސްމަސް ހަދިޔާއެއްގެ ގޮތުގައި އޭނާގެ ބައްޕަ ގަތް ހޭންޑްގަން އެއް ބޭނުންކޮށްގެން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އޮކްސްފޯޑް ހައި ސްކޫލުގައި ހިނގި މާރާމާރީގައި އެ މީހުންގެ ދަރިފުޅު އީތަން ކްރަމްބްލީ، މިހާރު 17، މި އަމަލުހިންގިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
ބަޑީގެ ހަމަލާދިން ދުވަހު ކްރަމްބްލީ ވަނީ ސްކޫލްގެ ޓީޗަރަކާ މައްސަލަޖެހި އެމައްސަލަ ސްކޫލްގެ އިދާރާއިން ބަލާފައެވެ. އޭގެ ގަޑިއިރުތަކެއް ފަހުން އޭނާ ސްކޫލްގެ ފާހާނާއަކުން ނުކުމެ ބަޑި ޖަހައި ހަތަރު ދަރިވަރަކު މަރާލައި ހަތް މީހަކު ޒަހަމް ކޮށްލިއެވެ.
މައިންބަފައިންގެ އަމަލުތަކުން ނުވަތަ އިހުމާލުން ކުޑަކުދިންނަށް ބޮޑެތި އަނިޔާތައް ހިންގުމަށް މަގުފަހިވާ އިރު، އެ މައްސަލަ އަކީ އެމެރިކާގައި ބޮޑު ޖަރީމާއަކަށް ވެފައިވާ އިރު، މި މައްސަލައަކީ މައިންބަފައިން ޖިނާއީ ގޮތުން ޖަވާބުދާރީ ކުރުވުމުގެ ނަމޫނާއެކެވެ.
އީތަން ކްރަމްބްލީ އަށްވެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި އެހުކުމް ތަންފީޒު ކުރަމުން ދާއިރު، އޭނާގެ މައިންބަފައިންނަށް ވެސް މިފަދަ ބޮޑު ހުކުމެއް އިއްވުމުން ދައްކުވައިދެނީ، ބޮޑެތި މީހުންގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން އެމެރިކާގައި މިހާރުވެސް ހިނގަމުންދާ ނުރައްކާތެރި ބަޑީގެ ހަމަލާތައް އިތުރުވަމުންދާކަމެވެ.