Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

100 ޖީބީ ޑޭޓާއާއެކު އުރީދޫއިން އީދަށް ހާއްސަ އޮފާތަކެއް

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ހާއްސަ އޮފާތަކެއް އިއުލާނުކޮށްފި އެވެ.

މިއީ ކަސްޓަމަރުންނަށް މި އީދުގައި ރައްޓެހިންނާއި އާއިލާ އާއި ގުޅުންބަދަހި ކުރުމުގައި އުރީދޫއިން ހާއްސަކޮށް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހަދިޔާތަކެއް ކަމަށް އުރީދޫން ބުނެ އެވެ.

އެ ގޮތުން އުރީދޫ އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި ފަސް ޖީބީ ޑޭޓާ ދެ ދުވަހަށް އެންމެ 50 ރ އަށް ލިބޭނެ އެވެ. އަދި ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100 ޖީބީ ޑޭޓާ ލިބޭއިރު އުރީދޫގެ ނަންބަރުތަކަަށް ހިލޭ ގުޅޭނެ އެވެ. މި ޕެކް ތިން ދުވަހަށް 100ރ އަށް ނުވަތަ ފަސް ދުވަހަށް 150ރ އެކްޓިވޭޓް ކުރެވޭނެ އެވެ.

އުރީދޫ ގިފްޓް އަ ޕެކް މެދުވެރިކޮށް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ޑޭޓާ ހަދިޔާ ކުރެވޭނެ އެވެ. މީގެ އިތުރުން ޓެކްސްޓް އަ ކޮފީ މެދުވެރިކޮށް ރައްޓެހިންނަށް ހަދިޔާއެއް ފޮނުވައިގެން އެއް ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ.

އުރީދޫން ބުނި ގޮތުގައި މި އޮފާތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ލިބޭނެ އެވެ.

މި އޮފާތަކާއެކު ވީޑިއޯ ކޯލް ކުރުމާއި، ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރިކޮށް މި އީދު ކުލަގަދަކޮށް ފާހަގަ ކުރެވޭނެ މަގު މިވަނީ ފަހިވެފަ އެވެ.

މި ލިއުމާއި ގުޅޭ