Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޒަކާތު ފަންޑު

ޒަކާތު ފަންޑުން ޣައްޒާއަށް 1 ލައްކަ ޑޮލަރު ފޮނުވަނީ

ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ޒަކާތު ފަންޑުން 1 ލައްކަ ޑޮލަރު ފޮނުވަން ރާއްޖެއިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުންކަމަށެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ޒަކާތު ފަންޑުން ޣައްޒާއަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ޤަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށެވެ.

އެގޮތުން ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވާ މި އެހީގެ ފައިސާ ފޮނުވާނީ ދެ ޕޭމަންޓަކަށް ބަހައިލައިގެންކަމަށާއި ފުރަތަމަ މަރުހަލާގައި ފޮނުވަން ގަސްތުކުރަނީ 1 ލައްކަ ޑޮލަރު ކަމަށް އެ މިނިސްތްރީން ބުނެފައިވެއެވެ.

މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރެވެ.

ދިވެހިރާއްޖޭގައި ފިތުރު ޒަކާތް ބަހަމުން އަންނަނީ އެ ރަށަކުން ލިބޭ އެއްޗެހި އެރަށެއްގެ ފަގީރުންނަށެވެ. އަދި އެރަށެއްގައި ފަގީރަކު ނެތް ނަމަ ޒަކާތް ބަހަނީ އެންމެ ގާތުގައި އޮތް ފަގީރުން ތިބި ރަށަކަށެވެ.

މި ރަމަޟާން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 4.49 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ. ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް އިއްޔެއިން ފެށިގެން ވަނީ ބަހަން ފަށައިފައެވެ.

މާލެއަށް ފިތުރު ޒަކާތް ދެއްކި އަދަދު މިފަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8،000 ރ.ގެ ރޭޓުން ޒަކާތް ބަހަން ފަށާފައިވާއިރު އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އެ ފައިސާ ޖަމާވާނީ ސީދާ އެމީހެއްގެ އެކައުންޓަށެވެ.

މި ލިއުމާއި ގުޅޭ