Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިޠުރު ޒަކާތް

މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 8،000ރ. ބަހަން ފަށައިފި

މާލޭގައި ފަގީރެއްގެ ބޮލަކަށް 8،000ރ. ގެ މަގުން ފިތުރު ޒަކާތް ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މާލޭގައި ފަގީރުންގެ ގޮތުގައި ދަފުތަރު ކުރެވިފައިވާ ކޮންމެ މީހެއްގެ ބޭންކު ކައުންޓަށް އެ ފައިސާ ޖަމާވާނެ ކަމަށެވެ.

އަދި އެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތި ކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުން އެހީތެރިކަން ލިބޭނެކަމަށާއި ކުޑަކުދިންގެ ހިޔާއާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިތުރު ޒަކާތުން ލިބޭނެކަމަށް މިނިސްތަރު ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތާރީހީ ގޮތުން ބަލާއިރު ދިވެހިރާއްޖޭގައި ފިތުރު ޒަކާތް ބަހަމުން އަންނަނީ އެ ރަށަކުން ލިބޭ އެއްޗެހި އެރަށެއްގެ ފަގީރުންނަށް ކަމަށާއި އެރަށެއްގައި ފަގީރަކު ނެތް ނަމަ އެންމެ ގާތުގައި އޮތް ފަގީރުން ތިބި ރަށަކަށް ބަހާކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވޮގޮތުގައި މި އަހަރު ފިތުރު ޒަކާތް ނެރުނު މީހުންގެ އަދަދު އިތުރެވެ.

މި ރަމަޟާން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 4.49 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ. ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް އިއްޔެއިން ފެށިގެން ވަނީ ބަހަން ފަށައިފައެވެ.

ޒަކާތު ހައުސްއިން ބުނިގޮތުގައި ގޮވާމުގެ ބާވަތްތައް ބެހުން ކުރިއަށް ދަނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައެވެ. އެތަކެތިވެސް ދޫކުރާނީ ފަގީރުންގެ ލިސްޓުގައިވާ ފަރާތްތަކަށެވެ.

މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ނުވަ މިލިއަން ރުފިޔާ ލިބިފައި ވާއިރު މާލެއިން 1736 މީހަކަށް ބަހާފައިވަނީ ބޮލަކަށް 3،450ރ. ގެ މަގުންނެވެ. ފަގީރުންގެ ދަފުތަރުގައި ޖުމުލަ 8،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ