Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހަށް ތައާރަފުކުރާ އީ-ޕެޓިޝަން ނިޒާމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތައާރަފުކުރަން ހަމަޖެހިފައިވާ އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) ނިޒާމުގެ ސިޔާސަތު ކަރުދާހަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

އެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އިދާރާ އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ތައާރަފުކުރުމަށް ހަމަޖެހިފައިވާ އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހަށް މިއަދުން ފެށިގެން ހިޔާލު ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ޕެޓިޝަން ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] ގެ ޒަރިއްޔާއިން އަދި މަޖިލީހުގެ އިދާރާއަށް ހާއްސަކޮށްފައިފާ ލިންކުގެ ޒަރިއްޔާއިން ހިޔާލު ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އިއުލާނުގައިވާގޮތުން ހިޔާލު ނުވަތަ ކޮމެންޓު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 29، ގެ މެންދުރު 12:00 އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހުގައި ހިމެނޭ މަފްހޫމްތަކާއި ނިޒާމު ތަރުތީބުވެފައިވާ ގޮތް ތަފްސީލުކޮށްދިނުމަށް ސަރުކާރުގެ ވުޒާރާތަކާއި ސިޔާސީ ޕާޓީތަށް، ޔުނިވާސިޓީ އަދި މަދަނީ ޖަމިއްޔާތަކަށް ބާއްވާ ބައްދަލުވުންތައް އޭޕްރީލް 24، ގެ ހެނދުނު 10:00 ގައި އޮންނާނެކަމަށާއި އަދި އާންމުންނަށް ބާއްވާ ބައްދަލުވުން އޭޕްރީލް 25، ގެ ހަވީރު 16:00 ގައި އޮންނާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ