Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޒަކާތު ފަންޑު

ގޮވާމުގެ ޒަކާތް ބެހުން މިއަދާއި މާދަމާ ކުރިއަށްދާނެ

ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް މިއަދު ބަހަން ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.

ޒަކާތު ހައުސްއިން ބުނީ މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ދާނެކަމަށާއި އެކަން ކުރިއަށް ދާނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައިކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަހާ މި ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

އެ ތަކެތި ބަހާނީ މިއަދާއި މާދަމާއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް ބެހުން ކުރިއަށް ދާނީ މިއަދު ހެނދުނު 11:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ. މާދަމާ ތަކެތި ބެހުން ކުރިއަށް ދާނީ ހެނދުނު 11:00 އިން ހަވީރު 3:30 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ.
މި ލިއުމާއި ގުޅޭ