ރައްޔިތުންގެ މަޖިލީހަށް ވަންނަންނުޖެހޭ ބޭފުޅަކު ކުޅުދުއްފުށީ ދާއިރާއަށް ވާދަކުރައްވާ ކަމަށާއި އެކަމާއި ދެކޮޅަށް ކުޅުދުއްފުށީ ދާއިރާއަށް ނިސްބަތްވާ އަންހެން ކަނބަލުން އިހުތިޖާޖުކުރުމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް ގޮވާލައްވައިފިއެވެ.
ފޮނަދޫ ދާއިރާއަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުއްރަހީމް އަބްދުالله ގެ ކެމްޕެއިނަށް މާލޭގައި ޤާއިމުކުރާ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ފައިސަލް ދެއްކެވި ވާހަކަފުޅުގައި ކުރީގެ މިނިސްޓަރ އަލީ ވަހީދާއި އޭނާއަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަށް އިޝާރާތްކުރައްވައި ވިދާޅުވީ ކުޅުދުއްފުށީ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓަކީ ރައްޔިތުންގެ މަޖިލީހަށް ވަންނަން ނުޖެހޭ ބޭފުޅެއްކަމަށެވެ.
ތިޔަބޭފުޅުންނަށް ނޫސްތައް ބަލާލީމާ އެނގޭނެ. އަދި ކޮވިޑް ތެރޭގައި ދިމާވި ކަންކަންވެސް އެނގޭނެ. އެއީ ދިވެހިރައްޔިތުން، ދިވެހި އަންހެންކުދިން ބޭނުންވާނެ ކަމެއްނޫން އެފަދަ ބޭފުޅުން ދިވެހިރާއްޖޭގެ ރައްޔިތުން ތަމްސީލުކުރާ ގޮނޑިތަކަށް ހޮވުމަކީ. އަޅުގަނޑަށް އެނގޭ އެކަން ވަރަށް ރަނގަޅަށް. އަޅުގަނޑު ބަލާލިން އެކަން ހިނގާފައޮތް ގޮތް. ކުުދުއްފުށީގެ އެކެނޑިޑޭޓަކު ވާދަކުރާ އެދާއިރާގެ ހުރިހާ އަންހެން ކަނބަލުން އެކަމާ އިދިކޮޅަް އިހުތިޖާޖުކުރަން ޖެހޭއިބްރާހިމް ފައިސަލް
ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލުމަށް އަލީ ވަހީދަށް ވަނީ އެޕާޓީން ޓިކެޓް ދީފައެވެ. އަލީ ވަހީދަކީ އެމްޑީޕީގެ ސަރުކާރުގައި ޓޫރިޒަމް މިނސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ޓޫރިޒަމް މިނިސްޓްރީގެ 14 މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި އޭރު އަލީ ވަހީދު ވަނީ މިނިސްޓަރުކަމުން ވަކި ކުރެވިފައެވެ. ނަމަވެސް ޤާނޫނަށް ފިއްލަވައިގެން އިނގިރޭސި ވިލާތަށް ވަޑައިގެން 2 އަހަރެއްހާ ދުވަހު އެޤައުމުގައި ހުންނެވުމަށްފަހު އެނބުރި ރާއްޖެއަށް ވަޑައިގެން އެމްޑީޕީއާއި ގުޅިވަޑައިގެން މިހާރު ދަނީ އެޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވައި ކެންޕޭންކުރައްވަމުންނެވެ.
އަލީ ވަހީދު މަޖިލީހަށް ވާދަކުރުމާމެދު ރާއްޖޭގެ ވަރަށް ގިނަ ފަރާތަތްތަކަކުން ދަނީ ދެކޮޅަށް އަޑު އުފުލަމުންނެވެ.