Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީގެ ދޮގުތައް

އެމްޑީޕީގެ ދޮގު ދޮލަނގުން: ހަންކެޑެ ތަރައްޤީކުރަން 145 މިލިއަން ޑޮލަރު ހަމަޖެއްސި ވާހަކަ

އައްޑޫގައި އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢެއް ހިންގުމަށް ހަންކެޑެ ތަރައްޤީކުރުމަށް 145 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 2.2 ބިލިއަން ރުފިޔާ ހަމަޖައްސާފައިވާކަމަށް ވިދާޅުވެ އެމްޑީޕީގެ އިސްވެރިން ދައްކަވާ ވާހަކަފުޅަކީ ކަނޑައެޅިގެން އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.

ހަންކެޑެ ތަރައްޤީކުރުމާ ގުޅޭ ގޮތުން ފާއިތުވި އެމްޑީޕީގެ ވެރިކަމުގައި ޗައިނާގެ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކުންފުންޏާ ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކުރީ ނިމުނު ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވަނިކޮށް ފާއިތުވި އަހަރުގެ މާޗު މަހުގައެވެ. އެ އެއްބަސްވުމާ ގުޅޭ ގޮތުން އެއިރު އެމްޑީޕީ ސަރުކާރުން ބުނެފައިވަނީ އެ އެއްބަސްވުމަކީ ހަންކެޑެގައި އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢެއް ހިންގުމަށް އެކުލަވައިލި އެއްބަސްވުމެއް ކަމަށެވެ.

ދާދިފަހުން މާލެ ސިޓީގައި އައްޑޫ ރައްޔިތުންނާ ބައްދަލުކުރުމަށް އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި ކުރީގެ އިޤުތިޞާދީ ވަޒީރު އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުވަނީ އެ ވާހަކަފުޅު އަލުން ތަކުރާރުކުރައްވާފައެވެ.

އޭނާ ވިދާޅުވީ ހަންކެޑެގައި ފަތުރުވެރިކަމުގެ އެތައްހާސް އެނދެއް ޤާއިމުކުރުމަށް 145 މިލިއަން ޑޮލަރު އެމްޑީޕީ ސަރުކާރުން ހަމަޖައްސާފައި އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 5 މަސް ތެރޭގައި އެ މަޝްރޫޢު ފެށިފައިނުވާ ކަމަށެވެ.

“ ހަންކެޑާގެ އެތައް ހާސް އެނދެއް އެޅުމަށް ފައިނޭންސް ހޯދާ 145 މިލިއަން ޑޮލަރަށް ޗައިނާގެ ކުންފުންޏަކާއެކު ވާނީ ސޮއިކޮށްފައި، 5 މަސް ވެގެންދާއިރު އަދިވެސް އެކަން ފަށާނުލެވިގެން މިއުޅެނީ، ހަންކެޑާގެ ނަން ބަދަލުކޮށްފައި “ ރާޖޫކެޑަ “ ކިޔާފައި ވިޔަސް އަވަހަށް ފަށްޓަވާދެއްވާ މި އިގްތިޞާދީ މަޝްރޫޢުތައް ރަނގަޅަށް ކުރިޔަށްދާނަމަ އައްޑޫގެ އިގްތިޞާދު އަތުނުޖެހޭ ހިސާބަށްދާނެ“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު ހަންކެޑެއާ ގުޅޭ ގޮތުން ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންއާއި އެމްއެމްޕީއާރުސީގެ މެދުގައި ސޮއިކޮށްފައިވަނީ ފަހުމުނާމާ ނުވަތަ އެމްއޯޔޫއެއްގައެވެ. އެމްއޯޔޫއަކީ މަޝްރޫޢެއް ހިންގަން ފެށުމުގެ ކުރިން އެ މަޝްރޫޢާ ގުޅޭ ކަންކަން ހަމަޖެއްސުމަށް ދެފަރާތުގެ މެދުގައި އެއްބަސްވެވޭ ބައެއް ކަންކަން ހިމެނޭ އެއްބަސްވުމެކެވެ. އެއީ މަޝްރޫޢެއް ހިންގުމަށް ވެވޭ އެއްބަސްވުމެއް ނޫނެވެ.

"ދިޔަރެސް"އިން ހޯދި މައުލޫމާތުތަކުން ކަށަވަރުވެފައިވާ ގޮތުގައި މި އެމްއޯޔޫއަކީ ހަންކެޑެ ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގުމަށް ފައިސާ ހޯދޭނެ ގޮތްތައް ބެލުމަށް ވެވިފައިވާ އެއްބަސްވުމެކެވެ. އެ އެމްއޯޔޫގެ ދަށުން ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކުންފުނިން އެ މަޝްރޫޢު ހިންގުމަށް ބޭނުންވާ 145 މިލިއަން ޑޮލަރު ހޯދޭނެ ގޮތްތައް ބަލަންޖެހެއެވެ.

އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައިރުވެސް އެ ފައިސާ ހަމަޖެހި ފައިނޭންސިން އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތެވެ. އަދި މިހާތަނަށް އެ ކުންފުނިން ފައިނޭންސިން ނުވަތަ ފައިސާ ހަމަޖެހޭނެ ގޮތެއް އަދި މަޝްރޫޢު ހިންގޭނެ ގޮތެއް އެމްްއެމްޕީއާރުސީއާ ހިއްސާކޮށްފައި ނެތެވެ.

ފައިނޭންސިން އެއްބަސްވުމެއްގައި ޗައިނާ ކުންފުނިން ސޮއިކޮށް ފައިސާ ހަމަޖެހޭނެ މަގުތައް އެމްއެމްޕީއާރުސީއާ ހިއްސާކޮށް ހަންކެޑެ ތަރައްޤީކުރުމަށް ވަކި އެއްބަސްވުމެއްގައި ސޮއިނުކުރެވޭހާ ހިނދަކު އެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހުނުކަމުގައި ނުވާނެއެވެ. މިހާތަނަށް މިއިން އެއްވެސް މަރުހަލާއެއް ފުރިހަމަވެފައިނުވާކަން "ދިޔަރެސް"އިން ހޯދި މައުލޫމާތުތަކުން އެނގެއެވެ.

އެހެންކަމުން ހަންކެޑެގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ހިންގުމަށް 145 މިލިއަން ޑޮލަރު ހަމަޖެހިފައިވާކަމަށް ވިދާޅުވެ އެމްޑީޕީގެ އިސްވެރިން ދައްކަވާ ވާހަކަފުޅަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެކެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް މިފަދަ ގިނަ ފަހުމުނާމާތަކުގައި އެމްޑީޕީގެ ސަރުކާރުން ސޮއިކުރިއެވެ. އެގޮތުން އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފެށުމާ ގުޅޭ އެމްއޯޔޫއެއްގައި ޤަޠަރު ކުންފުންޏަކާއެކުވެސް ސޮއިކުރިއެވެ. އެ އެމްއޯޔޫގެ ދަށުން އެއްވެސް މަސައްކަތެއް ފަހުން ހިނގާފައިނުވެއެވެ.

މި ލިއުމާއި ގުޅޭ