ސިޔާސީ ގޮތުން އެމަނިކުފާނު އެންމެ ބޮޑަށް ފަހުވެރިވާ ބޭފުޅަކީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ކަމަށް، ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހއިއްޒު މިފަދައިން ވިދާޅުވީ ފޮނަދޫ ދާއިރާގެ ކެމެޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެންބަރެއްގެ ގައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އަބްދުލް ރަހީމްގެ ހުރިކަމަށާއި ރައްޔިތުންނަށް އޯގާތެރިކަމާއެކީގައި ހިދުމަތް ކުރުމާއި އިހްލާސްތެރިކަމާ، މި ހުރިހާ ކަމެއް ހުރި ބޭފުޅަކީ އަބްދުއްރަހީމްކަމަށެވެ.
އެގޮތުން ފޮަނަދޫ ދާއިރައިން ކުރިމަތިލައްވާފައިވާ ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އެމަނިކުފާނުގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތް ކެންޑިޑޭޓަކީ އަބްދުއްރަހީމް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މިކަންކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މިފަހަރު ފޮނަދޫ ދާއިރާއަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެންމެ މަތީ އިންސައްތައަކުން ހޮވޭ ބޭފުޅަކަށް އަބްދުރަހީމް ހަދައިދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ އަބްދުއަރަހީމް މަޖިލީހަށް އިންތިހާބެވެވަޑައިގެންފި ނަމަ އޭނާ ކުރައްވާނެ މަސައްކަތްތަކަކީ ފޮނަދޫ ދާއިރާއަށް މުހިންމު މަސައްކަތްތަކަށް ވާނެ ކަމަށާއި އެ ދާއިރާއަށް ކުރިއެރުން ލިބެން އޮތީ ވެސް އޭނާ އެ މަގާމަށް އިންތިހާބުކޮށްގެންކަމަށެވެ.
އެމަނިކުފާނު ވުދާޅުވީ އަބްދުރަހީމްއަކީ މިދިޔަ ހުރިހާ ދުވަހަކު ސިޔާސީ މަސައްކަތުގައި އެމަނިކުފާނަނަށް ދިމާވި ހުރިހާ ކަމެއްގައި އެންމެ ބޮޑަށް އެހީތެރިކަން ވެއްދެވި ބޭފުޅާކަމަށެވެ.
"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް، އަަޅުގަނޑު އެންމެ ބޮޑަށް ފަހުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.