Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މިސްކިތެއްގެ ފާޚާނާ ތެރޭ ކުޑަކުއްޖަކަށް އަނިޔާކުރި ދެ ކުދިން ދެނެގަނެފި، ފުލުހުން އެދެނީ ވީޑިއޯ ދައުރުނުކުރަން

މިސްކިތެއްގެ ފާޚާނާ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި ދެ ކުދިން ދެނެގަނެވިފައިވާކަން ހާމަކުރުމާއެކު، އެ ކުޑަކުއްޖާއަށް އަނިޔާކުރާ ވީޑިއޯ ދައުރުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މިރޭ މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ މިސްކިތެއްގެ ފާޚާނަ ތެރޭގައި ދެ ކުއްޖަކު ވެގެން ފެންނަ ފެނުމަށް އެކުދިންނަށްވުރެ ހަނގު ކުއްޖެއް ގައިގައި ތަޅައި އޭނާއަށް ހަނގާކޮށް އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރެވެ.

އެ ވީޑިއޯ ފެންމަތިވުމާއެކު އެ ކުއްޖާއަށް އަނިޔާކުރި ކުދިން ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުންދާކމަަށް ބުނެފައިވެއެވެ.

އޭގެ ފަހުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިހާތަނަށް ފުލުހުން ކުރި މަސއްކަތުން އެކަން ކުރިކަމަށް ތުހުމަތުކުރެވޭ ކުދިންވަނީ ދެނެގަނެވިފައިވާ ކަމަށާއި، އެ ވީޑިއޯގައި ކުޑަކުއްޖާއަށް އަނިޔާކުރަނިކޮށް ފެނުނީ 13 އަހަރުގެ އަދި 14 އަހަރުގެ ދެ ކުދިން ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެވީޑިއޯއިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖެއްގެ ކަރާމާތަަށް އުނިކަން އަންނާނެފަދަ މަންޒަރުތަކަކަށް ވުމާއެކު އެ ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސާކިއުލޭޓް ނުކުރުމަށް އިލްތިމާސްކުރާ ކަމަަށެވެ.

އަދި އަނިޔާވި ކުއްޖާއަށް ބޭނުންވާ އިޖުތިމާއީ ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ