Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

އެހީ ދޭ ފަރާތްތަކަށް ހަމަލާ ދީ މަރާލި މައްސަލާގައި އެމެރިކާގެ ވަކި ތަހުގީގެއް ނެތް: ވައިޓް ހައުސް

ޣައްޒާގައި ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ހަތް މީހަކު އިސްރާއީލުން މި ހަފުތާގައި މަރާލި މައްސަލާގައި މިނިވަން ތަހުގީގެއް ހިންގަން އެމެރިކާ އިން ވިސްނާފައި ނުވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
"މި ހާދިސާއާ ގުޅިގެން މިނިވަން ތަހުގީގެއް ނުވަތަ ވަކި ތަހުގީގެއް ހިންގުމުގެ ވިސްނުމެއް އެމެރިކާއިން ނުގެންގުޅޭ،" ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ މި މަރުތަކާ ގުޅޭ ވެބިނާއެއްގައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޖޯ ބައިޑަން އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފޯނުން ގުޅުއްވައި، އެހީދޭ ޖަމާއަތެއް ކަމަށްވާ ވޯލްޑް ސެންޓްރަލް ކިޗަންގެ ހަތް މެމްބަރަކު ޝަހީދުކޮށްލި ހަމަލާގައި ތެލްއަވީވްގެ ތަހުގީގަށް ހޯދި ހޯދުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ކިރްބީ އިތުރަށް ވިދާޅުވީ ވައިޓް ހައުސްއިން އިޒްރޭލުގެ ރިޕޯޓް ރިވިއު ކުރަމުން އަންނަ ކަމަށާއި "ވަރަށް ފަރުވާތެރިކަމާއެކު ރިވިއު ކުރަން ވަގުތު ނަގާނެ" ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިޒްރޭލުގެ އޮފިޝަލުންނާއި އިންސާނީ އެހީދޭ ޖަމިއްޔާތަކާ އެކު އެކަމުގެ ނިންމުންތަކާއި މެދު މަޝްވަރާ ކުރާނެ ކަމަށެވެ.
މީގެ ކުރިން ވޯލްޑް ސެންޓްރަލް ކިޗަން އިން ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި އަމިއްލައަށް ފެއިލްވި މައްސަލަ އިސްރާއީލަށް ތަހުގީގު ނުކުރެވޭނެ ކަމަށް ބުނެ، އެހީދޭ މީހުން މަރާލި މައްސަލަ ބެލުމަށް މިނިވަން ކޮމިޝަނެއް އުފައްދަން ގޮވާލައިފަ އެވެ.
އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ދިން ހަމަލާގައި އެހީދޭ ހަތް މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތުގެ ތިން މީހަކާއި އޮސްޓްރޭލިއާ މީހަކާއި ޕޮލެންޑްގެ މީހަކާއި އެމެރިކާ-ކެނެޑާގެ ދެ ވަނަ ރައްޔިތެއްގެ އިތުރުން ފަލަސްތީނު މީހެކެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ 196 މަސައްކަތްތެރިން މަރާލާފައިވާއިރު އޭގެ ތެރޭގައި އދ.ގެ 175 އަށްވުރެ ގިނަ މުވައްޒަފުން ވެސް ހިމެނެއެވެ.
އިޒްރޭލުން އަޅާފައިވާ ލޮކްޑައުންގެ ސަބަބުން ޣައްޒާއަށް ބޭނުންވާ އަސާސީ ސާމާނު ނުލިބުމުގެ ސަބަބުން 2 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީގެ ބޮޑު ބަޔަކަށް ވަނީ ކާރިސާގެ ޙާލަތްތަކާ ކުރިމަތިލާން ޖެހިފައެވެ.
މި ލިއުމާއި ގުޅޭ