Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ

އިދިކޮޅަށް މަޖިލިސް ދީފިނަމަ ތަފާތު ދީން ގެންނަން މަސައްކަތް ކުރާނެ: އަބްދުއްރަހީމް

ކުރިއަށް އޮތް މަޖިލިސް އިންތިހާބުން އިދިކޮޅަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ، ރާއްޖެއަށް ތަފާތު ދީން ގެންނަން މަސައްކަތް ކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި އެ ދާއިރާއަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ސަލީމްގެ ކެމްޕެއިނަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭ ސަބަބާމެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ.
"ރާއްޖޭގެ ރައީސް ޑރ. މުއިއްޒަށް ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް މެޖޯރިޓީ ބޭނުންވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަށޭ. ސަރުކާރުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން ބޭނުންވަނީ ސަރުކާރުން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވެގެން އައިސްފައި އޮތް ސަރުކާރެއް ކަމަށާއި، މި ސަރުކާރަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލާއި ސިޔާދަތު ދަމަހައްޓައި އިސްލާމްދީނަށް ނަސްރުދޭން ބޭނުންވާ ސަރުކާރެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެންވީމަ މި ސަރުކާރަށް މެޖޯރިޓީ ދޭން ބޭނުންވަނީ. އެހެންވީމަ އިދިކޮޅަށް މެޖޯރިޓީ ދޭން ބޭނުން ނުވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އިދިކޮޅަށް މެޖޯރިޓީ ދިނީމަ އަޅުގަނޑުމެންނަށް ފެންނާނީ ސަރުކާރަށް ޖެއްސުން ކުރާތަން. ރައްޔިތުންނަށް ހިދުމަތް ކުރަން ހުރަސް އަޅާތަން، ރާއްޖެއަށް ތަފާތު ދީން ގެންނަން މަސައްކަތް ކުރާތަން، މި ރާއްޖޭގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރާތަން."
ވޭތުވެދިޔަ ފަސް އަހަރަކީ ދިވެހިންނަށް ހިތި ތަޖުރިބާއެއް ކަމަށާއި، ވޭތުވެދިޔަ 4،000 އަހަރުގެ ތެރޭގައި ދިވެހިންނަށް އެންމެ ބޮޑު އަނިޔާކަމެއް ކުރިމަތި ކުރުވީ މިދިޔަ ސަރުކާރުން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހަށް ސަލީމް ފަދަ ސަރުކާރުގެ ފިކުރު ގެންގުޅޭ މެންބަރުން ހޮވަންވީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެހެންވެ އެވެ. އެއީ، ރާއްޖޭގެ ހާލަތު މިއަދު އޮތްގޮތުން ދިވެހިން އެދޭ ދިވެހިންގެ ރާއްޖެ ބިނާކުރުމަށް ދިވެހިންގެ ވިސްނުމާއި ދިވެހިންގެ ހިޔާލާއި ދިވެހި ވަންތަކަމާއެކީގެ ކެރިގެން ވަކާލާތު ކުރައްވާނެ މެންބަރެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން، ސަލީމް ތަޅުމުގައި ހުންނަވަނިކޮށެއް އަޅުގަނޑުމެންގެ ދިވެހިންނާ ދެކޮޅަކަށް އެ މަޖިލީހުން ކަމެއް ނުނިންމޭނެ. އެހެންވީމަ ސަލީމް ހޮވުން މުހިންމުވަނީ،" އޭނާ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ