Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިސޯޓު

މިދިޔަ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށަށް

މިދިޔަ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީން 529 މިލިއަން ޑޮލަރު ނުވަތަ 8 ބިލިއަން ރުފިޔާ ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ރިޕޯޓެއް ދައްކާ ގޮތުން މިދިޔަ އަހަރު ރިސޯޓުތަކުން ޖުމްލަ 3.9 ބިލިއަން ޑޮލަރު ނުވަތަ 60 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ރިސޯޓުތަކަށް 2022 ވަނަ އަހަރު ވަނީ 4.4 ބިލިއަން ޑޮލަރު ނުވަތަ 68 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.

މީގެއިތުރުން ރާއްޖޭގެ މުޅި ޓޫރިޒަމް ދާއިރާގެ ވިޔަފާރިއަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރު ވަނީ 406 މިލިއަން ޑޮލަރު ނުވަތަ 6.3 ބިލިއަން ރުފިޔާ ދަށްވެފައެވެ.

އެގޮތުން މިދިޔަ އަހަރު ޓޫރިޒަމް ދާއިރާއަށް ފަސް ބިލިއަން ޑޮލަރު ވަދެފައިވާއިރު ޓޫރިޒަމް ދާއިރާއަށް 2022 ވަނަ އަހަރު 5.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ދައުލަތަށް ދައްކާ ޓެކްސްގެ ތެރެއިން 85 ޕަސެންޓު ރިސޯޓުތަކުން ހިއްސާކުރާއިރު މިދިޔަ އަހަރު ރިސޯޓުތަކުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި 481 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާގެ 90 ޕަސެންޓު ރިސޯޓުތަކުން ލިބޭއިރު މިދިޔަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކުން 61 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

މި ލިއުމާއި ގުޅޭ