Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރިއަށް ނުދާ ސަރުކާރުގެ މަޝްރޫއުތައް

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު 275 މަޝްރޫއުއެއް އޮތީ ހުއްޓިފައި

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު މުޅި ޖުމުލަ 275 މަޝްރޫއުއެއް އޮތީ ހުއްޓިފައިކަން ވެރިކަން ކުރާ ޕާޓީ ޕީއެންސީން ހާމަކޮށްފިއެވެ.

ޕީއެންސީން އާއްމުކޮށްފައިވާ ތަފަށް ހިސާބުތަކެއްގައިވާގޮތުން މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ގިނަ މިސްކިތު މަޝްރޫއުތަކެއް ހިމެނޭހެން ޖުމުލަ 275 މަޝްރޫއުއެއް އިތީ ހުއްޓިފައެވެ.

ވެރިކަމާއި ހަވާލުވިއިރު ހުއްޓިފައި ހުރި މަޝްރޫއުތައް:

  • ފެނާއި ނަރުދަމާ: 27
  • ބަނދަރު ހެދުމާއި ބިންހިއްކުމާއި އެއްގަމު ތޮށިލުން: 30
  • އެއާޕޯޓު މަސައްކަތް: 7
  • މަގުހެދުން: 17
  • ދަނޑާއި ކޯޓުތައް ހެދުން: 84
  • މިސްކިތު މަސައްކަތް: 20
  • ތައުލީމީ ދާއިރާ: 90

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ހުއްޓިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ވެރިކަން ކުރާ ޕާޓީން ހާމަކޮށްފައިވާއިރު ކުރީ ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ހިޔާ ސަރަހައްދުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކެމްޕޭނު ދުވަސްވަރު ރަށްރަށަށް ދަތުރުކުރެއްވިއިރު ވެސް އޭރުގެ ސަރުކާރުގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ. އެހެންވެ ވެރިކަމާ ހަވާލުވެވަޑައިގެން، އެ މަސައްކަތްތައް ހުއްޓިފައި ހުރި ސަބަބުތައް ހޯއްދެވިއިރު، އެ މަޝްރޫއުތައް ހުއްޓިފައި އޮތީ ފައިސާ ނުދީގެން ކަން އެނގިވަޑައިގަތް ކަމަށެވެ.

"9000 މިލިއަން ރުފިޔާގެ ފައިސާ އެކިއެކި ކުންފުނިތަކަށް ދޭން ހުރި މިދިޔަ ސަރުކާރު ނިމުނުއިރު، ރައްޔިތުންގެ ކުންފުނިތަކަށް. އެ ފައިސާ ނުދީ ހުރީމަ ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައި ހުރީ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގަިއވެސް ހުއްޓިފައި ހުރި މަޝްރޫއުތައް ހާމަކުރެއްވިއެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތުވެސް އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ.

އެ މަޝްރުއުތަކަކީ:

  • - ފެނާއި ނަރުދަމާގެ 74 މަޝްރޫއު
  • - ބަނދަރު ހެދުމާއި ބިން ހިއްކުން އަދި ބޭރު ތޮށިލުމުގެ 90 މަޝްރޫއު
  • - ހުއްޓިފައި އޮތް އެއާޕޯޓު ހެދުމުގެ ހަތް މަޝްރޫއު
  • - 26 ރަށެއްގައި މަގު ހެދުމުގެ މަޝްރޫއު
  • - 71 ދަނޑާއި ކޯޓުގެ މަސައްކަތް
  • - ހުއްޓިފައި އޮތް 20 މިސްކިތަކާ އެކު ޖުމްލަ 42 މިސްކިތުގެ މަސައްކަތް
  • - ތައުލީމީ ދާއިރާގެ 217 މަޝްރޫއު
  • - 20 ރަށެއްގެ 20 މެގަވޮޓްގެ ސޯލާ ޕަވާ ޕްރޮޖެކްޓް
  • - 19 ރަށެއްގައި ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކުރުން
  • - 45 ރަށެއްގައި ކުނި މެނޭޖްކުރުމަށް ތަކެތި ސަޕްލައި ކުރަން ހަވާލުކުރުން

ރައީސް ވިދާޅުވީ ގެދޮވެރިކަމުގެ ދާއިރާގެ 11 މަޝްރޫއާ އެކު މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 527 މަޝްރޫއު ކުރިއަށްދާ ކަމަށާއި، ތިމާވެށީގެ ދާއިރާއިންވެސް މުޅިން އަލަށް މަޝްރޫއުތަކެއް ފަށާފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި 75 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ޕްރޮޖެކްޓެއްގައި އޭޑީބީއާ އެކު ސޮއިކޮށްފައިވާ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ފެނާއި ވަޔާއި ސޯލާ ޕެނަލް ބޭނުންކޮށްގެން އެކި ކަހަލަ މަޝްރޫއުތައް ހިންގާނެކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ ކަމެއް ހުއްޓާލީއޭ. މަސައްކަތެއް ނުކުރެއޭ. ތިމަންނަމެންނާ އަނެއްކާ ވެސް މަޖިލިސް ހަވާލުކުރީމައޭ މަސައްކަތް ކުރެވޭނީ. މި ވާހަކަތައް ރައްޔިތުން ކުރިމައްޗަށް ގެނައިމަ ސިޔާސީ ވިސްނުމުން ގޮސް އެއްކޮށް ފޯވެގެން ގޮސް ވަކި އަހަތަކަށް ގޮސް ހުސްވެފައި ހުރި މީހާ ވެސް ވިސްނާލަން ޖެހޭނެ ތިމަންނައަކީ ﷲ ދެއްވި ސިކުނޑިއެއް ހުރި މީހެކޭ މިއީ، މި ނަމްބަރުތައް ދޮގެއް ނުހަދާނެ. މިއީ ފެންނަން ހުރި ކަންކަން" ރައީސް ވިދާޅުވިއެވެ.

އެހާ ތަފްސީލުކޮށް އެ މައުލޫމާތު ހިއްސާކުރަން ޖެހުނީ ބަޔަކު މީހުން ދޮގު މައުލޫމާތު ފަތުރަމުންދާތީ ކަން ފާހަގަ ކުރައްވައި ރައީސް ވަނީ ބަޔަކު މީހުން ދޮގު ފެތުރިޔަސް އެކަމާ މެދު ރައްޔިތުން ފުންކޮށް ވިސްނަން އެދިވަޑައިގެންފަ އެވެ. އަދި މިވަގުތު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް އޮތް ނަމަވެސް ކުރެވުނު މަސައްކަތެއް ނެތް ކަމަށާއި ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދުކޮށްފި ނަމަ، ނަތީޖާ ނެރެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ