Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިން އަންނަ މިންވަރު

ފުރަތަމަ 3 މަހު 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން، ނިމުނު އަހަރަށްވުރެ %15.3 އިތުރު

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 6 ލައްކައަށްވުރެ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މިދިޔަ މާޗު މަހުގެ ނިޔަލަށް ރާއްޖެއަށް 604,004 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15.3 އިންސައްތަ އިތުރު އަދަދެކެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ އެ މުއްދަތަށް 431,524 ފަތުރުވެރިން ރާއްޖެ ޒިޔާތްކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 523,928 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އޮތީ ޗައިނާއެވެ. އެގޮތުން އެގައުމުން މިހާތަނަށް 67,399 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތް ކުރި މުޅި ޖުމްލަ ފަތުރުވެރިންގެ 11.2 އިންސައްތައެވެ.

ދެވަނާގައި އޮތީ މިދިޔަ އަހަރު ލިސްޓުގެ އެއް ވަނާގައި އޮތް ރަޝިޔާއެވެ. އެގައުމުން މިހާތަނަށް 61,752 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ލިސްޓުގައި މިހާރު އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 58,382 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,180 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 180 ރިސޯޓާއި 843 ގެސްޓްހައުސްގެ އިތުރުން 147 ސަފާރީ އާއި 15 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 62,206 އެނދު އޮޕަރޭޓްކުރެއެވެ.

މި ލިއުމާއި ގުޅޭ