Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިފާޢީ ވުޒާރާ

މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރެވޭނެ ޚާއްސަ ނިޒާމެއް ތައާރަފްކޮށްފި

ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެކަމާ ގުޅޭ މައްސަލަތައް ކަމާގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ރިޕޯޓުކުރާނެ ޚާއްސަ ނިޒާމެއް ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ގާއިމުކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ގާއިމުކޮށްފައިވާ ޑާސާ އިން ނެރުނު ސާކިއުލާއެއްގައި ވަނީ "އޭވިއޭޝަން ސެކިއުރިޓީ ކޮންފިޑެންޝިއަލް ރިޕޯޓިން ސިސްޓަމް" ގާއިމުކޮށްފައިވާ ކަމަށެވެ.

ޑާސާއިން ބުނީ މިއީ މަދަނީ ވައިގެ ދަތުރުފަތުރަށް ނުރަނގަޅު އަސަރުކޮށްފާނެ ކަމަށް ބެލެވޭ ކަންކަން ހުށަހެޅޭނެ ނިޒާމެއް ކަމަށެވެ. އޭގެ އިތުރުން, ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފު ކަމެއް ރާއްޖޭގެ ވައިގެ ބަނދަރުތަކާއި, ފްލައިޓުތަކާއި, ސަލާމަތާއި ގުޅުން ހުރި ތަނެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވަތަ ދަތުރުވެރިޔަކަށް ފާހަގަވެއްޖެނަމަ ރިޕޯޓު ކުރެވޭނެ އެވެ.

މައްސަލަ ހުށަހަޅާ ފަރާތުގެ ވަނަވަރު ހާމަނުކޮށް ވެސް މި ނިޒާމުގެ ތެރެއިން މައްސަލަ ހުށަހެޅޭނެ ކަމަށް ޑާސާއިން ބުނެ އެވެ. ޑިފެންސް މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް މިފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށް ވެސް އެސާކިއުލާގައި ބުނެއެވެ.

މި ލިއުމާއި ގުޅޭ