Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެސްޓީއޯ

ސަރުކާރުން ދޭ ރޯދަ ހަދިޔާ އެސްޓީއޯ ކާޑު ގުދަނުން ދޫކުރާގޮތަށް ބަދަލުކޮށްފި

ރަމަޟާން މަހު ރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ސަރުކާރުން ބަހާ ހަނޑުލާއި ފުށް ދެން ލިބޭނީ އެސްޓީއޯގެ ކާޑު ގުދަންތަކުން ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ ރަމަޟާން މަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް މާލެ ސަރަހައްދުން ނުގެންދެވި ހުރި ފަރާތްތަކަށް މިއަދުން ފެށިގެން ރަމަޟާން މަހުގެ ފަހު ދުވަހާ ހަމައަށް އެސްޓީއޯގެ ކާޑު ގުދަނުން ލިބޭނެ ކަމަށެވެ.

ރަމަޟާން މަހު ސަރުކާރުން ދިވެހިންނަށް ދޫކުރާ ހަދިޔާ ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރު ބެލުމަށް ފަހު، ބަލާ އަންނަ ފަރާތުގެ އައިޑީކާޑު ނަންބަރާއި ނަން ނޯޓު ކުރުމަށްފަހުއެވެ.

މި ތަކެތި ދޫކުރަނީ ކޮންމެ ދުވަހެއްގެ 10:00 އިން މެންދުރު ފަހު 1:00 އަށެވެ.

މި ލިއުމާއި ގުޅޭ