Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުވައްމުލައް

ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީކުރަނީ

ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ސިޓީ ކައުންސިލާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރުއުގެ އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީންއެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މޭޔަރު އިސްމާއީލް ރަފީގުއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން 12 ހެކްޓަރުގެ ބިމުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދުމާއި، މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނީ ރީޖަނަލް އެއާޕޯސް ކުންފުނިން ކަމަށެވެ. މިއީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

މޭޔަރު އިސްމާއީލް ވިދާޅުވީ އަމާޒަކީ އިންވެސްޓަރެއް ލިބި މިއަހަރު މިމަޝްރޫއު ފެށުންކަމަށާއި މިމަޝްރޫއު ނިމެންވާއިރަށް ފުވައްމުލަކު އެއާޕޯޓް އިތުރަށް ތަރައްގީ ކުރެވި އެ ސިޓީއަށް ފްލައިޓްތައް އިތުރުކޮށް އަދި ފަތުރުވެރިން އިތުރުކުރެވޭނެ ގޮތްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ