Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫ އަތޮޅު ދުވުމުގެ އެޕްރިލް މަހުގެ އެއްވަނައަށް ސީގިއަރގެ ފަރާތުން އިންސްޓަ360 ކެމެރާއެއް!

އެޕްރީލް މަހު އަތޮޅު ދުވުން ކުޅެގެން ލީޑަރބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަށް ސީގިއަރގެ ފަރާތުން އިންސްޓަ360 ކެމެރާއެއް ހުށައަޅާފައިވާ ކަމަށް އިއުލާނުކޮށްފިއެވެ.

"އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ދިވެހިރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަރ ގޭމެވެ. އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ. ގޭމްގެ އެޕްރިލް އަޕްޑޭޓް މިހާރު އެޕަލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭސްޓޯރ އިން ވެސް ލިބިގެންދާނެއެވެ.

އަތޮޅު ދުވުމުގެ މާރިޗު މަހުގެ ޕާޓްނަރ އަކީ ސީގިއަރ އެވެ. މިޕާޓްނަރޝިޕުގެ ދަށުން އުރީދޫއާޢި ގުޅިގެން މިމަހުގެ ލީޑަރބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އިންސްޓަރ360 ކެމެރާއެއް ލިބިގެންދާނެއެވެ. އެޕްރިލް މަހު އަތޮޅު ދުވުން ފެނިގެންދާނީ ބ. އޭދަފުށްޓެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެމަހަކުއެވެ. ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ކަލަންޑަރ އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.

މި ލިއުމާއި ގުޅޭ