Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އެމްޑީޕީގެ ދޮގު ދޮލަނގުން: ކޮވިޑުގެ ހާލަތު ގޯސްވެއްޖެނަމަ ގެންނަން ބުނި ފްލޯޓިން ހޮސްޕިޓަލް

2019 ވަނަ އަހަރުގެ ފަހުކޮޅުގައި ޗައިނާގައި ފެތުރެން ފެށި ބައްޔެއް މުޅި ދުނިޔެއަށް ހަލުއިކަމާއެކު ފެތުރެމުންދާތީ، އެ ބައްޔަކީ ވަބާއެއްކަމަށް 30 ޖަނަވަރީ 2020 ގައި ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން އެންމެ ފުރަތަމަ ބޭއްވި އެއް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކޮވިޑުގެ ވަބާ ރާއްޖެއަށް އަންނަ ހާލަތަކަށް ތައްޔާރުވެފައި އޮތް ފުރިހަކަމުގެ ވާހަކަ އެއިރުގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނާއި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހާމަކުރައްވައި، ވަރަށް ގިނަ ވާހަކަތައް ދެއްކެވިއެވެ.

އެ ދުވަހު އަލީ ވަހީދު ވިދާޅުވި އެއް ވާހަކަފުޅަކީ ކޮވިޑުގެ ވަބާގެ ހާލަތު ގޯސްވެއްޖެނަމަ، އެ ހާލަތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ބޭރުން ފަންނީ ޓީމެއް ހަރަކާތްތެރިވާ ފްލޯޓިން ހޮސްޕިޓަލެއް ގެނައުމަށް ޚާރިޖީވުޒާރާ މެދުވެރިކޮށް ހަމަޖައްސަންޖެހޭ ކަންކަން ސަރުކާރުން އޮތީ ހަމަޖައްސާފައެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅުގައި ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނެވެ. ކޮވިޑަށް މީހަކު ފުރަތަމަ ފަހަރަށް ފައްސިވިތާ މަހެއްހައި ދުވަސްފަހުން އޭޕްރީލުމަހުގެ 15 ވަނަ ދުވަހުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރިއެވެ. އެހިސާބުން ފެށިގެން ވަރަށް ހަލުއިކަމާއެކު ކޮވިޑް ފެތުރެން ފެށިއެވެ. ރާއްޖޭގެ ހުރިހާ ރަށްތަކަށް ބަލި ފެތުރި ދުވާލަކު ފައްސިވާ މީހުންގެ އަދަދުން ހާހުން މައްޗަށް އެރިއެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ 2021 ވަނަ އަހަރުއެވެ. އެ އަހަރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދާއި އެބަލީގައި ދުނިޔެ ދޫކޮށްދިޔަ މީހުންގެ އަދަދު އިންތިހާއަށް އިތުރުވިއެވެ. އެގޮތުން އެ އަހަރުގެ މާޗު 17 ވަނަ ދުވަހުގައި އެކަނި 11،400 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވިއެވެ.

ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވިއިރު އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހެމުންދިޔައީ މާލެ ސަރަހައްދުންނެވެ. މާލެ ސަރަހައްދުގައި ބަލިމީހުން ބައިތިއްބާނެ ތަންތަން އެކަށީގެންވާ ގޮތަށް ޤާއިމުކުރެވިފައި ނެތެވެ. ކޮވިޑްގައި ބޮޑުވަރުވާ މީހުންނަށް ފަރުވާދިނުމަށް އެންމެ މުހިއްމު ވެންޓިލޭޓަރުތައް ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ މިންވަރަށް ނުލިބުނެވެ.

ނަތީޖާއަކަށްވީ ދުވާލަކު ނިޔާވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމެވެ. އެގޮތުން 2021 ވަނަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހުގައި ރާއްޖެއިން 32 މީހުން ކޮވިޑުގައި ނިޔާވިއެވެ. މޭ 24 ގައި 29 މީހުން ނިޔާވިއެވެ. މޭ 31 ގައި 27 މީހުން ނިޔާވެފައިވެއެވެ.

ކޮވިޑްގެ ހާލަތުގައި ބަލިމީހުން ބެލެހެއްޓުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެ، ނަރުހުންނާއި ޑޮކްޓަރުން ނެތުމުގެ ސަބަބުން ފަރުވާދިނުން ލަސްވަމުންދާކަމަށް ސަރުކާރުންވެސް އެއްބަސްވިއެވެ. މިހާލަތަށް ދިޔައިރުވެސް އެއިރު އެމްޑީޕީ ސަރުކާރުން ގެންނާނެކަމަށް ވައުދުވި ފްލޯޓިން ހޮސްޕިޓަލުގެ ހިލަމެއް ހުވަމެއް ނެތެވެ.

2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރުގައިވެސް ފްލޯޓިން ހޮސްޕިޓަލު ރާއްޖެއަށް ގެންނާނީ ކޮންއިރަކު ހާލަތު ކިހައި ގޯސްވުމުންތޯ އެއިރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް ހުންނެވި މަބްރޫކު އަޒީޒާ ނޫސްވެރިން ސުވާލުކުރިއެވެ. ތަކުރާރުކޮށް އެ ސުވާލުތައް ކުރުމުންވެސް އޭނާ ޖަވާބެއް ނުދެއްވައެވެ. ފަހުން އެވާހަކަ ސަރުކާރުން ހިންދައިލާ ނުދައްކާ ވާހަކައަކަށް ހަދައިލިއެވެ.

ކޮވިޑުގެ ތެރޭގައި ވެންޓިލޭޓަރުތައް ގަންނަން ދުބާއީގެ އެގްޒެކިއުޓާސް ޓްރޭޑިން ކުންފުންޏާ ހަވާލުކުރީ ޑަބްލިއުއެޗްއޯއިން އިރުޝާދު ދީގެންކަމަށާއި، ކޮވިޑުގެ ހާލަތު ގޯސްވެއްޖެނަމަ އާރަށް ބަލިމީހުން ބައިތިއްބަން ބޭނުންކުރާ ފެސިލިޓީއަކަށް ހަމަޖައްސާނެ ކަމަށާއި، ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެންދާއިރަށްވެސް ތައްޔާރުވެވިފައިވާކަމަށް ބުނުންފަދަ ސާފުކަން ބޮޑު އެތައް ދޮގެއް އެމްޑީޕީ ސަރުކާރުން ހަދާފައިވެއެވެ.

މި ލިއުމާއި ގުޅޭ