Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

އަނެއްކާވެސް ފުވައްމުލަކުގައި އެކްސިޑެންޓެއް، އަނިޔާ ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ޏ. ފުވައްމުލަކުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ އެރަށު ދިގުވާގަނޑު ނައިބު ތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހި އެކްސިޑެންޓު ހިނގައިފިއެވެ.

ފުލުހުން ބުނިގޮތުގައި އެ އިދާރާއަށް އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 11:45 ހާއިރުއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކަށެވެ.

އެކްސްކަވޭޓަރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާއިރު އިއްޔެ ރޭ ސައިކަލެއް ކޮންޓްރޯލު ނުވެ ޒިބްރާ ކްރޮސް ޕޯސްޓު ދަނޑީގައި ޖެހި ވެސް ފުވައްމުލަކުގައި ވަނީ އެކްސިޑެންޓެއް ވެފައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސްކަމަށް ފުވައްމުލަކު ހޮސްޕިޓަލްއިން ފުލުހަށް މައުލޫމާތު ދިން ކަމަށާއި އެމީހާއަށް ވެސް އިތުރު ފަރުވާ ދިނުމަށް އިއްޔެ ރޭ ފަތިހުގެ ވަގުތެއްގައި މާލެ ގެނެވިފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ