ބަންޑާރަ މިސްކިތުގެ ފާހަނައަށް ގެެއްލުންދިން މީހަކު ބަންދުކޮށްފިއެވެ.
ބަންޑާރަ މިސްކިތުގެ ފާހަނައަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހާ ބަންދުކުރަން ހުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގެ ޤާޟީ، ޞަފްޢަތު ޙަބީބެވެ. އެގޮތުން، މި މައްސަލާގައި ބަންދުކޮށްފައިވަނީ އުމުރުން 50 އަހަރުގެ ފިރިހިނެކެވެ.
މުދަލަަށް ގެއްލުންދިން ކަމުގެ ކުށުގައި ބަންދުކޮށްފައިހުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ޖަހާފައިވަނީ 15 ދުވަހެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ފެށިފައިވަނީ އިއްޔެގެ މެންދުރު 14:20 އިން މިމަހު 17 ވާ ބުދަ ދުވަހުގެ މެނދުރު 14:19 އަށެވެ.
މި މައްސަލައިގެ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާގޮތުން، އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ވަރަށް ކޯޓަށް ހެކި ލިބިފައިވެއެވެ. އޭގެ ތެރޭގައި ކިތާބީ ހެކީގެ ގޮތުގައި ގެއްލުން ދީފައިވާ ތަކެތީގެ ފޮޓޯ ހުށަހަޅާފައިވާކަމަށް ކޯޓު އަމުރުގައި ވެއެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ހުރުމަތްތެރިވެގެންވާ ތަނަކަށް ގެއްލުން ދިނުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާތުގެ 2 މާއްދާ (59،60)އަށް ރިއާޔަތްކުރުމަށްފަހުގައިކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.