Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ހުޅުމާލެއިން ގެއްލުނު ކުޑަ އަންހެން ކުއްޖާ ފެނިއްޖެ

ހުޅުމާލެއިން ގެއްލިގެން ހޯދަމުން އައި ކުޑަ އަންހެން ކުއްޖާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން އައީ ރ. އިނގުރައިދޫ ކަނބުރުގެ އައިޝަތު ޒީވާ ސައީދު (13އ)އެވެ.

އެ ކުއްޖާ ގެއްލިގެން ފުލުހުން އިއުލާނު ކުރީ ރޭ ފަތުހުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ އަންހެން ކުއްޖާ ނުފެނިގެން އާއިލާއިން ފުލުހަށް ރިޕޯޓުކޮށްފައިވަނީ ރޭގެ އިރާކޮޅު 7:45 ހާއިރުކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެކުއްޖާ ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނިފައިވަނީ ރޭގެ އިރު އޮއްސި 6:00 ހާއިރު ހުޅުމާލޭގައި އެކުއްޖާ ދިރިއުޅެމުންދާ އެޕާޓުމަންޓުންނެވެ.

ފުލުހުން ދެންމެއަކު މީޑިއާއަށް ބުނީ ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ މިއަދު މެންދުރު 12:15 އެހާކަންހާއިރު މާލެއިން ފެނިފައިވާކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

މި ލިއުމާއި ގުޅޭ