Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުވައްމުލައް

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއްވެ މީހަކަށް ސީރިއަސް އަނިޔާތަކެއް!

ޏ. ފުވައްމުލަކުގައި ސައިކަލެއް ކޮންޓްރޯލު ނުވެ ޒިބްރާ ކްރޮސް ޕޯސްޓު ދަނޑީގައި ޖެހި އެކްސިޑޭންޓެއް ހިނގައިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި އެ އެކްސިޑޭނތު ހިނގިކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ ރޭ 11:43 ހާއިރުއެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ.
ފުލުހުން ބުނީ އެ މީހާގެ ހާލު ސީރިއަސްކަމަށް އެ ހޮސްޕިޓަލްއިން ފުލުހަށް މައުލޫމާތު ދިން ކަމަށާއި އެމީހާއަށް އިތުރު ފަރުވާ ދިނުމަށް ރޭ ފަތިހުގެ ވަގުތެއްގައި މާލެ ގެނެވިފައިވާކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 32 އަހަރުގެ ދިވެހި ފިރުހެނަކަށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ