Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)

ރައީސް ކުރައްވާ ގައުމީ ހިދުމަތްތައް ބަލައިނުގަންނަނަމަ ބަސްނުކިޔާ ތިބޭނީ: ތާރިގް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޤައުމަށް ކޮށްދެއްވާ ޚިދުމަތްތައް ބަލައިނުގަންނަނަމަ އެންމެ ރަނގަޅުވާނީ ބަސްނުކިޔާ ތިބުންކަމަށް ޕީއެންސީގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ތޯރިގް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް މައްޗަންގޮޅި އުތުރު ދާއިރާއަށް އިބްރާހީމް މުޙައްމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ތޯރިގް ވިދާޅުވީ، ކުރީގެ ވެރިންވެސް އެއިރެއްގައި ހުންނެވި ވެރިއަކު ކުރައްވާ ގައުމީ ހިދުމަތްތައް ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ހިދުމަތްތައް ބަލައިނުގަންނަ މީހުންނަކީ ގައުމީ ވިސްނުމެއް ނެތް މީހުންކަމަށް ތޯރިގް ސިފަކުރެއްވިއެވެ.

ރައީސް ޑރ.މުޢިއިޒު ޤައުމަށް ކޮށްދެއްވާފައިވާ މިފަދަ އެއް ހިދުމަތަކީ ދާދި ފަހުން ރާއްޖެއަށް ތައާރަފްކޮށްފައިވާ ޑްރޯންގެ ހިދުމަތްތަކަމަށާއި، އެއީީހަމައެކަނި މިލިޓަރީ ބޭނުމަށް ރާއްޖެ ގެނެސްފައިވާ އެއްޗެއް ނޫންކަމަށާއި، އެމާޖެންސީ ރެސްކިއު މިޝަންތަކުގައި ގެއްލިފައިވާ މީހުން ހޯދުމަށްވެސް އެ ޑްރޯން ބޭނުންކުރެވޭނެކަމަށް ތޯރިގް ވިދާޅުވިއެވެ.

އަދި މިފަދަ ހާލަތްތަކުގައި ޑްރޯން ބޭނުންކުރުމުގެ ވިސްނުމަކީ ސަރުކާރުގެ ވިސްނުންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ހިތާމައަކީ، އެފަދަ ކަންކަމަށް ފާޑުކިޔާ މީހުން އަދިވެސް ތިބިކަމުންކަމަށް އޭނާ ވިދާޅުވިއެވެ.

"ޑްރޯންއަކީ އަޅުގަނޑުމެންގެ މިލިޓަރީގެ ބޭނުމަކަށް ހަމައެކަނި ގެންގުޅޭ އެއްޗެއްނޫން، އެއީ އަޅުގަނޑުމެންގެ ރެސްކިއު ޕްލޭންތަކަށް، މިކަހަލައިގެ މީހުނަށް، ފޮއްތެޔޮމިލިން ގެއްލިގެން އެދިޔަ ދިވެހި މީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ގައުމީ ވިސްނުމެއްގައި ގެނެސްފަ ހުރި އެއްޗެސްތަކެއް. އެހެންމަ، އެޔަށް ފާޑުކިޔާ އެއްވެސް ސިޔާސީ ލީޑަރަކު، ނުވަތަ އެޔަށް ފާޑުކިޔާ އެއްވެސް ޕާޓީއެއްގެ މީހަކީ ގައުމީ ވިސްނުމުގެ މީހުނެއްނޫން." ތޯރިގް ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

ތޯރިގް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުން ޕީއެންސީ ކުރި ހޯދުމަކީ ވަރަށްވެސް މުހިންމު ކަމެއްކަމަށެވެ. އަދި ޕީއެންސީން މަޖިލީހުގެ މެޖޯރިޓީ ނަގަން މަސައްކަތްކުރަންވީ މައިގަނޑު ސަބަބަކީ އިދިކޮޅު ޕާޓީ އެމްޑީޕީން ރައްޔިތުން ހޮވާފައިވާ ރައީސުލްޖުމްހޫރިއްޔާ ވެރިކަމުން ދުރުކުރަން މަސައްކަތްކުރަމުން ދާތީކަމަށެވެ.

އެގޮތުން އެމްޑީޕީގެ މަޖިލިސް މެންބަރުން، ރައީސްގެ ކެބިނެޓް ވަޒީރުންނަށް ރުހުންވެސް ނުދީ މަސައްކަތް ފަށާފައިވަނީ ރައްޔިތުންގެ 54 އިންސައްތަ ވޯޓުން އައްޔަންކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އެ އަމަލާ ނުރުހޭ އެމްޑީޕީގެ ބައެއް މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމުން އެމްޑީޕީއަށް މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ގެއްލުމުގެ ސަބަބުން އެ މަސައްކަތް ހުއްޓުނުކަމަށްވެސް ޓޮމް ވިދާޅުވިއެވެ.

މީގެ އިތުރުން ޓޮމް ވިދާޅުވީ، ކުރީ ސަރުކާރުން އެތައް ކަމެއްގައި އިހުމާލުވެފައިވާކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ކުރީ ސަރުކާރުން އިހުމާލުވެފައިވާކަމަށް ތޯރިގް ތުހުމަތުކުރެއްވިއެވެ.

ޓޮމް ތުހުމަތުކުރެއްވި ގޮތުގައި، އެފަދަ ހަަމަލާއެއް ދޭން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު އެއިރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީއަށް ލިބިވަޑައިގެންފައި އޮތްކަމަށާއި، އެ މައުލޫމާތު ސަރުކާރަށް ލިބުނު ނަމަވެސް، އެކަމަށް އެކަށީގެންވާ ސަމާލުކަމެއްދީ ފަރުވާތެރިކަން ނުބެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ވެރިކަންކުރެއްވި ބޭފުޅަކަށް ހަމަލާއެއް ދެއްވި ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތީއެވެ.

އެހެންކަމުން، ކުރިއަށް އޮތް ތަނުގައިވެސް ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް ސަރުކާރާއި ގާތުން މަސައްކަތްކުރާނެ މަޖިލީހެއް ހޮވުމަކީ ދިވެހިންނަށް އެންމެ ފައިދާހުރިގޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ