Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

މަޖިލީހުން ލިބޭ މުސާރަ އުނިކޮށްދޭން ރައީސް ނަޝީދު އެދިވަޑައިގެންފި

މަޖިލީހުން ލިބޭ މުސާރަ އުނިކޮށްދޭން ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ކުރީގެ ރައީސް ނަޝީދު މިފަދައިން އެދިވަޑައިގަނެފައި މިވަނީ، ރައްޔިތުން މަޖިލީހުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަންނަވާ އެފްރިކާ ބައްރުގެ ގާނާއަށް ދިރިއުޅުން ބަދަލުކުރައްވައިގެން އުޅުއްވާއިރު، މަޖިލިސް މެންބަރެއްގެ މުސާރަ ހިނގާތީ އެކަމާ އެތައް ފަރާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ރައީސް ނަޝީދު މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ބޭރުކުރުމަށް އެތައް ފަރާތަކުން މީސްމީޑިއާގައި ގޮވަމުން އެބަދެއެވެ.

އެކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްއަށް ސިޓީއެއް ފޮނުއްވާފަވެ. އެ ސިޓީގައި ނަޝީދު އެދިވަޑައިގެނެފައިވަނީ، އެމަނިކުފާނު މަޖިލިސް މެންބަރެއްގެ ގޮތުގައި ހުރެ މުސާރަ އުނިކުރުމަށެވެ.

ރައީސް ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލުކުރައްވާފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެމަނިކުފާނު އައްޔަންކުރެއްވުމުންނެވެ. އަދި، މަޖިލިސް މެންބަރުކަމުން ވަކި ނުކޮށް މުސާރަ އުނިކުރުމަށް ނަޝީދު އެދިވަޑައިގެންފައި މިވަނީ، މިދިޔައަހަރުގެ ފަހުކޮޅު، ރާއްޖޖޭގެ ސިޔާސީ ކަންކަމުން ދުރައް ޖެހިވަޑައިގަންނަވާނެކަމަށް ވިދާޅުވެފައިވަނިކޮށެވެ.

މި ލިއުމާއި ގުޅޭ