Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިޠުރު ޒަކާތް

ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނަން ފަށައިފި

ގޮވާމުގެ ބާވަތްތަކުން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.
ޒަކާތު ހައުސްއިން ކުރި އިއުލާނެއްގައި ބުނީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ގޮވާމުގެ ބާވަތްތަކުން ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ ނުވަަވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.
ޒަކާތު ހައުސް އިން ބުނި ގޮތުގައި، ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.
މާލެ ސިޓީގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލު ހޯލުގަ އެވެ.
މިއަދުން ފެށިގެން އަންނަ މަހު ނުވަވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަންނާނީ ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 އިން ހަވީރު 16:00 އަށެވެ. އަދި އަންނަ މަހުގެ ނުވަވަނަ ދުވަހު ޒަކާތް ބަލައިގަންނާނީ މެންދުރުފަހު 13:00 އިން ފެށިގެން އެދުވަހުގެ 18:00 އަށެވެ.
މި ލިއުމާއި ގުޅޭ