Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ފަހު 10 ގައި މަސައްކަތްކުރާ ދައުލަތުގެ މުވައްޒަފުންނަށް އިނާޔަތް ދޭން ނިންމައިފި

ރޯދަ މަހުގެ ފަހު 10 ގައި ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މުވައްޒަފުން ރޯދަ މަހުގެ ފަހު 10 ގައި މަސައްކަތް ކުރާނަމަ އިނާޔަތެއް ދޭން ރައީސް ނިންމަވާފައިވާ ކަމަށެވެ.
ސާކިއުލާގައި ވާގޮތުން، އެ އިނާޔާތް ދެވޭނީ ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި އެ އިދާރާއަކުން ކަނޑައަޅާގޮތެއްގެ މަތިން, ފަހު 10 ގައި އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭނެ ކަމަށް ކަނޑައަޅާ މުވައްޒަފުންނަށް އެކަންޏެވެ.
އަދި އެ އިނާޔަތް މުވައްޒަފުންނަށް ދޭންޖެހޭނީ އޭޕްރީލް މަހުގެ މުސާރައާއެކު ކަަމަށް އަންގާފައިވެ އެވެެ.
އެ މުވައްޒަފުންނަށް އިނާޔަތްދޭން ނިންވީ، މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައެޅި ނަމަވެސް، ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން އާންމުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ކަނޑައަޅާ އުސޫލެއްގެ މަތިން ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭތީ އެވެ.
އެގޮތުން، އެ 10 ދުވަހުގައިވެސް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ދެމުންދާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ. އެހެންވެ، ބައެއް މިނިސްޓްރީތަކުން ވަނީ އެ ދުވަސްތަކުގައި ހިދުމަތް ލިބޭނެ އުސޫލެއް ހަމަޖައްސާފަ އެވެ.
މި ލިއުމާއި ގުޅޭ