Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ފުރަތަމަ 10 ގައި ފިތުރު ޒަކާތް ދެއްކި މިންވަރު ފާއިތުވި 3 އަހަރަށްވުރެ މިއަހަރު އިތުރުވެއްޖެ

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާގެ އަދަދު ފާއިތުވި 3 އަހަރު ރަމަޟާން މަހުގެ ފުރަތަމަ 10 ގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވާ އަދަދަށްވުރެ އިތުރުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރި ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ރަމަޟާން މަހުގައި ފިޠުރު ޒަކާތުގެ ގޮތުގައި 1،599،113 (އެއް މިލިއަން ފަސްލައްކަ ނުވަދިހަ ނުވަހާސް ސަތޭކަ ތޭރަ) ރުފިޔާ ލިބިފައިވެއެވެ.

ފާއިތުވި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 1،393،707 (އެއް މިލިއަން ތިންލައްކަ ނުވަދިހަ ތިންހާސް ހަތްސަތޭކަ ހަތް) ރުފިޔާއެވެ. ފާއިތުވި އަހަރާ ބަޅާއިރު މި އަހަރުގެ އެ މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާޣެ އަދަދުވަނީ ދެ ލައްކައެއްހައި ރުފިޔާއިން އިތުރުވެފައެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތަފުސީލު

  • އާދައިގެ ހަނޑޫ
  • މީހުންގެ ޢަދަދު: 22,759
  • ފިޠުރު ޒަކާތުގެ ޖުމްލަ: 273,108
  • ތައިލެންޑް ހުދު ހަނޑޫ
  • މީހުންގެ ޢަދަދު: 886
  • ފިޠުރު ޒަކާތުގެ ޖުމްލަ: 62,020
  • ރަތް ހަނޑޫ
  • މީހުންގެ ޢަދަދު: 304
  • ފިޠުރު ޒަކާތުގެ ޖުމްލަ: 24,320
  • ބާސްމަތީ ހަނޑޫ (އާދައިގެ)
  • މީހުންގެ ޢަދަދު: 5,208
  • ފިޠުރު ޒަކާތުގެ ޖުމްލަ: 364,560
  • ބާސްމަތީ ހަނޑޫ (މޮޅު)
  • މީހުންގެ ޢަދަދު: 3,030
  • ފިޠުރު ޒަކާތުގެ ޖުމްލަ: 303,000
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު)
  • މީހުންގެ ޢަދަދު: 4,188
  • ފިޠުރު ޒަކާތުގެ ޖުމްލަ: 523,500
  • އާދައިގެ ފުށް
  • މީހުންގެ ޢަދަދު: 1,913
  • ފިޠުރު ޒަކާތުގެ ޖުމްލަ: 19,130
  • އާޓާ ފުށް
  • މީހުންގެ ޢަދަދު: 393
  • ފިޠުރު ޒަކާތުގެ ޖުމްލަ: 29,475

ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ޚިދުމަތް ބޭނުންކޮށްގެންނެވެ. އެގޮތުން 759،407 ރުފިޔާ ބީއެމްއެލްގެ އޮންލައިން ޚިދުމަތްތައް މެދުވެރިކޮށް ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވެއެވެ.

ބަނޑޭރި ޕޭ މެދުވެރިކޮށް 117،494 ރުފިޔާ ފިތުރު ޒަކާތަށް ދައްކާފައިވާއިރު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ކައުންޓަރަށް އެ މުއްދަތުގައި 206،814 ރުފިޔާ ދައްކާފައިވެއެވެ.

އެންމެ ގިނަ ބަޔކު ފިތުރު ޒަކާތް ދައްކާފައިވަނީ އެންމެ މޮޅު ބާސްމަތީ ހަނޑުލުގެ އަގުންނެވެ. އެގޮތުް 4،188 މީހަކުވަނީ ބާސަމަތީ އެންމެ މޮޅު ހަނޑުލުގެ އަގުން 523،500 ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައެވެ. ދެން އެންމެ ގިނަ ބަޔަކު ފިތުރު ޒަކާތް އަދާކުރީ މޮޅު ބާސްމަތީ ހަނޑުލުގެ އަގުންނެވެ. އެއީ 3،030 މީހަކު 303،000 ރުފިޔާއެވެ.

މި ލިއުމާއި ގުޅޭ