Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މިއަހަރު ތެރޭ ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ފުޅާކުރެވިގެންދާނެ: ރައީސް

މިއަހަރުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ތައިލެންޑަށް އާސަންދައިގެ ޚިދުމަތް ފުޅާކުރެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ, ޕީއެސްއެމް އަށް ރައީސް ޑރ. މުޢިއްޒު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް އެ ދެޤައުމުގައި އާސަންދައިގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތްތައް ވަރަށް ހަލުވި ސްޕީޑެއްގައި ކުރަމުންދާ ކަމަށެވެ.

މިދިޔަ ޖެނުއަރީމަހު ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ، އާސަންދައަކީ ވަކި ޤައުމެއްގައި ހުންނަ ޞިއްޙީ މަރުކަޒުތަކުގައި އެކަނި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ޤައުމުން ލިބޭ ޚިދުމަތަށްވުރެ ފެންވަރު ރަނގަޅު ޚިދުމަތް ލިބޭ ޤައުމުތަކުން އާސަންދައިގެ ދަށުން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ޔޫއޭއީ އާއި ތައިލެންޑަށް އާސަންދައިގެ ޚިދުމަތް ފުޅާކުރުމުން މިހާރު އާސަންދައިން ޚިދުމަތްދޭ ޤައުމުތަކުން ލިބޭ ޚިދުމަތްތަކަށްވުރެ ރަނގަޅު ފެންވަރުގެ ޚިދުމަތް އާސަންދައިގެ ދަށުން ދިވެހިންނަށް ލިބިގެންދާނެއެވެ.

ރާއްޖެއިން ބޭރުގެ ސިއްޚީ ޙިދުމަތްދޭ ތަންތަނަށް އާސަންދައިން ދޫކޮށްފައިވާ ފައިސާގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ދޫކޮށްފައިވަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. އެގޮތުން ފާއިތުވި 10 އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގެ ހޮސްޕިޓަލްތަކަށް އެއް ބިލިއަނަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވެއެވެ.

އަހަރަކުން އަހަރަކަށް އާސަންދައަށް ދައުލަތުން ކުރާ ޚަރަދު ބޮޑުވަމުންދިއުމާއިއެކު ސަރުކާރުގެ އަމާޒަކީ އާސަންދަ މެދުވެރިކޮށް ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ވީހާވެސް ފެންވަރު ރަނގަޅުކުރުމެވެ

މި ލިއުމާއި ގުޅޭ