Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިހުސާން

އަތުލައިގައިން 119 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގެ ތަފްސީލް ހާމަކުރަން ޖެހޭ: އިހުސާން

އަތުލައިގައިން 119 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގެ ތަފްސީލް ހާމަކުރަން ޖެހޭކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ކެޕްޓަން (ރިޓަޔާޑް) އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިއްޔެ އެކްސްއަށް ކުރެއްވި ޕޯސްޓެއްގައެވެ. އެކްސްގައި ލިޔުއްވަމުން އެމަނިކުފާނު ވިދާޅުވީ 12 ޑިސެމްބަރ 2021 ވަނަ ދުވަހު ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވި ވަރަށް ތަފްސީލީ ތަހުގީގަކަށްފަހު 3 މީހުން ހައްޔަރު ކުރެވުނުކަމަށެވެ.

ނަމަވެސް، އެ މައްސަލައިގައި ތުހުމަތުކުރެވޭ 3 މީހުންގެ ތެރެއިން 2 މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިނުވާކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

މި ފަދަ ކޭސްތައް ރިވިއުކޮށް ރައްޔިތުންނަށް ހުރިހާ ތަފްސީލެއް ހާމަކުރުމަށް އަޅުގަނޑުވާނީ ދިވެހި ފުލުހުންގެ ޚިދުމަތަށް މިއަދު ދަންނަވާފައެވެ.
ވަޒީރު އިހުސާން ވިދާޅުވިއެވެ.

އެގޮތުން، މި މައްސަލަ ބަލާފައިވަނީ، ދިވެހިރާއްޖޭގެ ޖިނާއީ މައްސަލަތަކާއި ބެހޭ ކޯޓު ކަމަށްވާ ކްރިމިނަލް ކޯޓުގައެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 14އަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއިން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، ގދ. ހޯޑެއްދޫއަށް ނިސްބަތްވާ 3 މީހުންނެވެ. އެ ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ޑައިމޯފިން އެތެރެކުރުމުގެ ދައުވާއެވެ.

މައްސަލާގައި ބަލާފައިވާ ތަންތަން

  • މާލޭގެ 3 ގެއެއް
  • ހުޅުމާލޭގެ 1 ގެ
  • ޓެކްސީއެއް
  • ޕްރައިވެޓް ކާރެއް
  • 3 ސައިކަލު

އެތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ޓެކްސީއާއި، ޕްރައިވެޓް ކާރުގެ އިތުރުން ސައިކަލަކުން ފުލުހުންވަނީ ގިނަ އަދަދެެއްގެ މަސްތުވާތަކެތި އަތުލައިގަނެ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ކުށް ސާބިތުވި ފަރާތް އުމުރަށް ޖަލަށްލުމަށާއި 1 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިވެއެވެ. އަދި އެ މައްސަލާގައި ކްރިމިނަލް ކޯޓުން ރިއާޔަތްކޮށްފައިވަނީ ދިވެހިރާއްޖޭގެ މަސްތުވާތަކެތީގެ ގާނޫނުގެ 105 ވަނަ މާއްދާއާއި، 137 ވަނަ މާއްދާގެ އިތުރުން 146 ވަނަ މާއްދާއަށެވެ.

ބާކީ ތިބި ދެމީހުންނާ އިދިކޮޅަށް ދައުލަތުން 56 ހެއްކެއް ހުށަހަޅާފައިވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ 2 މީހުން ދޫކޮށްލުމަށް ހުކުމްކޮށްފައިވަނީ، ހެކީގެ ގޮތުގައި ހުށަހެޅުނު ސީސީޓީވީ ފުޓޭޖުގައި ފެންނަނީ އެ މީހުންކަން ސާފުނުވާތީކަމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވެއެވެ. ހުކުމުގައި އިތުރަށް ބުނެފައިވަނީ، ދައުލަތުން ހުށަހަޅާފައިވާ ސެލް ލޮކޭޝަންއާއި ކޯލް ރެކޯޑިންގްތަކާއި ގުޅޭ އިތުރު މައުލޫމާތު ދައުލަތުން ހުށަހަޅާފައި ނުވާކަމަށެވެ.

ކުށް ސާބިތުވި ފަރާތުގެ ޖަލުހުކުމެއްގެ ގޮތުގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވީނަމަވެސް، ރާއްޖޭގެ ގާނޫނީ ނިޒާމު ފަރުމާކޮށްފައިވާގޮތުން އުމުރަށް ޖަލަށްލުމަކީ 25 އަހަރަށް ޖަލަށްލުމެވެ. އަދި މިމަށްސަލައިގައި ކުށް ސާބިތުވި ފަރާތުން ހުކުމާއި ޖެހެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި 2 އަހަރާއި 3 މަސްދުވަހާއި 8 ދުވަސް ހޭދަކޮށްފައިވުމުން ހުކުމުން އެ ދުވަސްތައް ކެނޑޭނެއެވެ.

މި ލިއުމާއި ގުޅޭ