Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ޒަޔާންގެ މަރާލި މައްސަލާގައި ދައުވާކުރި 7 މީހުން ދައުވާއަށް އިންކާރުކޮށްފި

ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާއަށް ގުރޫޕަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 7 މީހުން އެ ދައުވާތަކަށް އިންކާރުކޮށްފިއެވެ.

އައްޑޫ ފޭދޫގެ ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީތަކެއްގައި ޒަހަމްވެ, ފަރުވާ ދެމުން ދަނިކޮށް ޒަޔާން މަރުވީ 2022 ވަނަ އަހަރު ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. މި މައްސަލާގައި ދައުލަތުގެ ފަރާތުން 4 ކުޑަކުދިންނާއި 7 މީހުނަށް ދައުވާކޮށްފައިވެއެވެ.

ޒަޔާން މަރާލި މައްސަލާގައި ކުޑަކުދިންތަކެއް ހިމެނޭތީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައިވާގޮތައް އެ ކުދިންގެ މައްސަލަތައް ބަލަމުންދަނީ ދިވެހިރާއްޖޭގެ ޖުވެނައިލް ކޯޓުގައެވެ. އަދި އެ މައްސަލާގެ ޝަރީއަތްތައް ކުރިއަށްދަނީ އާންމުންނަށް ހުޅުވައިނުލާ ސިއްރިޔާތުގައެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ މާރާމާރީތަކާއި ގުޅިގެން މަރުވި ޒުވާނާގެ މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މައްސަލާގެ ދައުވާ އިއްވުމުން ދައުވާ ރައްދުވާ ހުރިހާ ފަރާތަކުންވެސް ދައުވާއަށް ރައްދުދީފައިވާކަމަށެވެ. އެގޮތުން، މައްސަލާގައި ދައުވާ ރައްދުވާ ފަރާތްތަކުން ދައުވާއަށް އިންކާރުކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި 7 މީހުންގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާއަށް ބަލައިލާއިރު، ސީދާ ޒަޔާން މަރާލުމުގައި ހަރަކާތްތެރިވެފައިވަނީ މި 7 މީހުންގެ ތެރެއިން އެންމެ ހަގަށްތިބި 2 މީހުން ކަމަށް ތުހުމަތުކޮށްފައިވެއެވެ. ދެންތިބި 5 މީހުނަށް ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާއަކީ ތޫނު އެއްޗަކުން މީހަކު މަރާލުމަށް އެހީތެރިވެދިންކަމުގެ ދައުވާއެވެ.

ޤަތުލުގެ ދައުވާ އުފުލާފައިވާ 2 މީހުންގެ އިތުރުން ކުޑަކުއްޖެއްގެ މައްޗަށްވެސް ތޫނު އެއްޗަކުން މީހަކު މަރާލި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވެއެވެ. ނަމަވެސް، ބާކީ ތިބި 3 ކުދިންނަށް އުފުލާފައިވަނީ އެކަމަށް އެހީތެރިވެދިންކަމުގެ ދައުވާއެވެ.

މި ދައުވާތަކާއި ގުޅޭގޮތުން ޕީޖީ ހުސައިން ޝަމީމް މީގެ ކުރިން ވިދާޅުވީ، ދައުވާ ރައްދުވާ ކޮންމެ މީހެއްގެ މައްޗަށްވެސް ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާކަމަށެވެ. އަދި ހަމައެހެންމެ ދައުވާތައް ސާބިތުވެއްޖެނަމަ، 24 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެވިދާނެކަމަށްވެސް ޕީޖީ ވިދާޅުވެފައިވެއެވެ.

ޒަޔާންގެ މައްސަލާގައި ހަތްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ކުރީ ސަރުކާރުގައި ވަނީ ދޫކޮށްލާފައިވާއިރު، މި މައްސަލައަކީ ކުޑަކުދިންތަކެއް ލައްވާ ޖިނާއީ ކުށެއް ކުރުވުމުގެ ދައުވާ އެންމެ ގިނަ ބަޔެއްގެ މައްޗަށް އެއް މައްސަލައެއްގައި ދައުވާތައް އުފުލި މައްސަލަ ކަން ފާހަގަ ކުރެވެއެވެ.

މި ލިއުމާއި ގުޅޭ