Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

އާބާދީތައް މަޖުބޫރުން އަމިއްލަ ވަޒަނުން ބޭރުކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް: ފަރަންސޭސި ރައީސް

އާބާދީތައް މަޖުބޫރުން އަމިއްލަ ވަޒަނުން ބޭރުކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.
މެކްރޯން މިހެން ވިދާޅުވީ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މައްޗަށް "ފުރިހަމަ ކާމިޔާބީއެއް" ހޯދުމަށް ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާގައި އަސްކަރީ އޮޕަރޭޝަނެއް ހިންގަން ރާވާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަތަކެއްގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މެކްރޮން އާއި ނަތަންޔާހޫ ފޯނުން ވާހަކަ ދެއްކެވި ކަމަށް ފްރާންސްގެ ރައީސް އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
މެކްރޮން ވަނީ ޣައްޒާގައި މިހާރުން މިހާރަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވަމުން ގެންދަވާ ކަން ތަކުރާރުކުރައްވައި، އަލްޝިފާ ހޮސްޕިޓަލް ވަށައިގެން އިސްރާއީލު ސިފައިން ހިންގަމުންދާ އޮޕަރޭޝަންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިޒްރޭލުން ބުނަނީ އެ ތަނަކީ ހަމާސްގެ ކޮމާންޑް ސެންޓަރެއް ކަމަށެވެ.
ރަފާއަށް ހަމަލާދިނުމާ ދެކޮޅަށް ރައީސް މެކްރޯން އަނެއްކާވެސް ދެކޮޅު ހެއްދެވި ކަމަށް އެ ބަޔާނުގައި ވެ އެވެ. އަދި އާބާދީތައް މަޖުބޫރުކޮށް ބަދަލުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ބަލާއިރު ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި ޣައްޒާގެ މުސްތަގުބަލް ކަނޑައެޅޭނީ މުސްތަގުބަލުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ އޮނިގަނޑުގެ ތެރެއިންނާއި ފަލަސްތީނުގެ އޮތޯރިޓީގެ މަސްއޫލިއްޔަތުގެ ދަށުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
މެކްރޮން ވަނީ އިޒްރޭލުން ޝަރުތެއް ނެތި އަދި ލަސްނުކޮށް ޣައްޒާއަށް އެއްގަމު ހުރަސްކުރާ ހުރިހާ ބޯޑަރުތަކެއް ހުޅުވާލުމަށް ގޮވާލައްވާފައެވެ.
އަދި މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ގުދުސް އާއި ހުޅަނގު އައްސޭރީގައި އެއްވެސް ހަމަނުޖެހުމެއް އުފެދިގެން ނުދިއުމަށް ވެސް އޭނާ ވަނީ އިސްރާއީލުގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ދާދި ފަހުން ކުރި އިއުލާނުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މި ލިއުމާއި ގުޅޭ