Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫ މޯލްޑިވްސް އިން އިސްރަށްވެހިންނަށް ބޭއްވި ފުރަތަމަ އިފްތާރު އައްޑޫ ސިޓީގައި!

އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގައި، އިސްރަށްވެހިންނާއި ޒުވާނުން އެއްކޮށް ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

މިއީ އުރީދޫއިން މި ރޯދަމަހު އިފްތިތާހު ކުރި ސީއެސްއާރު ކެމްޕެއިން "އިސްރަށްވެހިންނާއިއެކު" ގެ ދަށުން ބޭއްވުނު ފުރަތަމަ ރޯދަ ވީއްލުމެވެ. މި އިވެންޓްގެ މަގްސަދަކީ އިސްރަށްވެހިންނާއި ޒުވާނުން ހިތްހަމަ ޖެހޭ މާހައުލެއްގައި ދިމާވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. މި ސީރީޒްގެ ދަށުން އަދި ރާއަޖޭގެ އިތުރު ހިސާބުތަކުގައިވެސް ރޯދަ ވިއްލުން ބޭއްވުމަށް ވަނީ ރޭވިފައެވެ.

އައްޑޫ ސިޓީގެ މޭޔަރ، އަލްފާޟިލް އަލީ ނިޒާރު ވަނީ މި ރޯދަ ވީއްލުމުގައި ބައިވެރިވެފައެވެ. މިއީ އިސްރަށްވެހިން ކަންކަމުގައި ބައިވެރިކޮށް މުޖުތަމައުގެ އެއްބައިވަންތަކަން ހަރުދަނާ ކުރުމަށް ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

އުރީދޫގެ އަމާޒަކީ މިފަދަ ހަރަކާތްތަށް މެދުވެރިކޮށް މުޖުތަމައުގެ މޭސްތިރިން ކަމަށްވާ އިސްރަށްވެހިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުން އިތުރުކުރުމެވެ. އަދި މިހަރަކާތްތައް މެދުވެރިއަކަށްވެ މުޖުތަމައުގައި އެކަކު އަނެކަކަށް ކުރާ އިހްތިރާމު އިތުރުވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެދުމެވެ.

މި ލިއުމާއި ގުޅޭ