Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިސްކިތްތައް

ދަރުމަވަންތަ މިސްކިތުގެ ދެ ފަންކާ ވަގަށް ނަގައިފި

ދަރުމަވަންތަ މިސްކިތުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ރޭ ވަގަށް ނަގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދަރުމަވަންތަ ފާރުގައި ހަރުކޮށްފައި ހުރި 2 ފަންކާ ރޭގެ ވަގުތެއްގައި ވަގަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރި ފަރާތެއް މިހާތަކަށް ހޯދިފައިނުވެ އެވެ.
މިސްކިތުގެ ފަންކާ ވަގަށްނެގި މައްސަލަ ފެންމަތިވިއިރު، މާލޭ ސަރަހައްދުގައި ހުރި ދެ މިސްކިތެއްގެ އަންހެނުން ނަމާދުކުރާ ބައިގެ ތަކެއްޗަށް ބަޔަކު ގެއްލުން ދިން މައްސަލައެއްވެސް މިދިޔަ ހަފްތާގައި ވަނީ ފެންމަތިވެފަ އެވެ.
ބަޔަކު ގެއްލުންދިނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށެވެ.
އެ މައްސަލަވެސް ފުލުހުންނަށް ރިޕޯޓުކުރި ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް އެ ފިޔަވަޅު އަޅާފައެއްނުވެ އެވެ.
ރޯދަ މަހުގެ ތެރޭގައިވެސް ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން، ސްޓެލްކޯގެ ޓްރާންސްފޯމަރުތަކަށް ގެއްލުންދީ އޭގެ ބައިތައް ވަގަށްނަގާ މައްސަލަ ބޮޑުވެފައި ވަނިކޮށް، އެކަން ކުރުން އުޅުނު މީހަކު ވަނީ މަރުވެސް ވެފަ އެވެ.
މި ލިއުމާއި ގުޅޭ