Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިފާޢީ ވުޒާރާ

އިންޑިއާގެ ޖަވާބު: މަސް ދޯނިތަކަށް ސިފައިން އެރީ މިސް ކޮމިއުނިކޭޝަނަކުން

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަން ނުކުމެ އުޅުނު ރާއްޖޭގެ ދޯނިތަކަކަށް އިންޑިއާ ސިފައިން އެރުމަށް މެދުވެރިވީ ހިނގީ މިސް ކޮމިއުނިކޭޝަނަކާ ހެދިކަމަށް ބުނެ އިންޑިއާއިން ޖަވާބު ދީފި އެވެ.
މިދިޔަ ޖެނުއަރީ މަހު 31 ވަނަ ދުވަހު އިންޑިއާގެ ސިފައިން ހަތިޔާރާއެކު އެރީ، ހއ. ކެލާގެ އިރު އިތުރުން 72 ނޯޓިކަލް މޭލު ބޭރުން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ''އަސުރުމާ-3'' އާއި ''ނިރު-7'' އާއި ''މާހޯރަ-3'' ދޯންޏަށެވެ.
އަދި އޭގެ ފަހުން، މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަަ ދުވަހު "މާހޯރަ-3" ދޯނި، ހއ. އިހަވަންދޫއަށް ދިއުމަށް ދަތުރު ކުރަނިކޮށް ހއ. މޮޅަދޫއިން 20 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ހުއްޓުވައި، ދެވަނަ ފަހަރަށް އިންޑިއާ ސިފައިން އެ ދޯންޏަށް ބޯޑުކުރި އެވެ.
ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކަށް އެނގުމަކާ ނުލައި ގާނޫނުތަކާއި ގަވާއިތަކާ ހިލާފަށް، އެ ތިން ދޯންޏަށް އިންޑިއާ ސިފައިން އެރި މައްސަލައިގެ ތަފުސީލު ހޯދުމަށް ފެބްރުއަރީ އެއްވަނަ ދުވަހު ދިވެހި ސަރުކާރުން އޮތީ އިންޑިއާ ސަރުކާރުގައި އެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި އެކަމާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ އިންޑިއާ ސިފައިން އެ ތިން ދޯންޏަށް އެރުމަށްފަހު ކުރިއަށްގެންދިޔައީ ނޯމަލް ސާޗެއް ކަމަށެވެ.
އެގޮތުން، ދޯނީގެ ވަތުރެރެއާއެކު އެކި ތަންތަން ބަލައި، މަސްވެރިންގެ ފޯނުތައް ބަލައި ޗެކުކުރި ކަމަށް ވިދާޅުވި އެވެ. އަދި ފޯނުގައި ހުރި އެ ދުވަހުގެ ވީޑިއޯއާއި ފޮޓޯތައް ވެސް އެމީހުން ޑިލީޓުކުރި ކަމަށް ވިދާޅުވި އެވެ.
އަދި ދިވެހި ކޯސްޓުގާޑަށް މައުލޫމާތު ނުދީ އިންޑިއާގެ ސިފައިން އެ ދޯނިތަކަށް އެރީ މިސް ކޮމިއުނިކޭޝަކުން ކަމަށް އިންޑިއާގެ ސަރުކާރާ ހަވާލާދީ މިނިސްޓަރު ވިދާޅުވި އެވެ.
"އެދުވަހުގެ ބޯޑިން ހަރަކާތް ހިނގީ މިސް ކޮމިއުނިކޭޝަނަކާ ހެދި ކަމަށް ރަސްމީ މަސްދަރުތަކުން މައުލޫމާތު ދެއްވާފަ އެބަ އޮތް. އެއީ ރާއްޖޭގެ ކޯސްޓުގާޑަށް އެ މައުލޫމާތު ނުދީ، އެކަން ހިންގުނީ މިސް ކޮމިއުނިކޭޝަނެއްގެ ތެރެއިން ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންނަމަވެސް އެ ދުވަހު ދޯނިތަކަށް އެރި ބޯޑިން ޓީމުތަކުން ދިން މައުލޫމާތުގައި ވާގޮތުން، ދޯނިތަކަށް އެރި ސަބަބެއް ކަމަށް ބުނެފައިވަނީ، އެ ދޯނިތަކުގައި ސެޓްލައިޓް ފޯނު ބޭނުންކުރާތީ އެ ހުރިތޯ ކަށަވަރު ކުރުމަށްޓަކައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ އިންޑިއާގެ ސަރަހައްދުގައި އެފަދަ ފޯނު ބޭނުންކުރުން މަނާވެފައި، އެ ދޯނިތައް އޮތީ އިންޑިއާގެ ސަރަހައްދުގައި ކަމަށް ގަބޫލުކުރެވިފައި އޮތުމުންނެވެ.
"[ދޯނިތަކަށް] އެރި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ސެޓްލައިޓް ފޯނު ބޭނުންކުރާތީ، އެއީ އެމީހުން ގަބޫލުކުރާ ގޮތުގަ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ ބޯޑުކުރީ. އެހެންނަމަވެސް އެއީ އިންޑިއާގެ ސަރަހައްދުގެ ތެރޭގައި ސެޓްލައިޓް ފޯނު ބޭނުންކުރުން، އިންޑިއާގެ ގަވާއިދަކަށް ނޫނީ ގާނޫނަކަށް ގެނެވުނު ބަދަލަކުން އޮތީ މަނާކުރެވިފަ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންނަމަވެސް ދިވެހިރާއްޖޭގަ އެއީ ބޭނުންކުރެވޭ ފޯނެއް. އަދި ގަވާއިދުން މިހާރު ވަކި ވަރަކަށްވުރެ ބޭރަށް މަސްވެރިކަން ކުރަން ނުކުންނަންޏާ ގެންގުޅުން ލާޒިމްކުރާ ފޯނެއް. އެހެންވީމަ މި ސައިޑުން ރާއްޖޭގެ މަސްވެރިން ހަމަ ތިބީ ތިބެންޖެހޭ ގޮތަށް، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައިގެން."

މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގެ ސިފައިން ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ދިވެހި ދޯނިތަކަށް އެރުން ފަދަ ހާދިސާތައް ހިނގުމަށް ދިމާވާ އެންމެ މައިގަނޑު އެއް ސަބަބަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެފައި، ކަނޑުގެ ސަރަހައްދު އެންމެ އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ދިވެހި ދައުލަތުގަ މަދުވުމެވެ.
އެހެންކަމުން އެ ހާދިސާތައް ހިނގުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ އިމުގެ އެތެރޭގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓުމަށް ބޭނުންވާ ގާބިލްކަން ދިވެހި އަސްކަރިއްޔާގަ ގާއިމްކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދު ދިވެހި ދައުލަތަށް ބެލެހެއްޓޭ ކަމުގެ ޔަގީންކަން އެހެނިހެން ގައުމުތަކަށްވެސް ލިއްބައިދިނުން ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ މިނިވަންކަމާއެކު ދިވެހި ރައްޔިތުން އިގްތިސާދީ ނަފާ ހޯދުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު އޮތް، ސަލާމަތްތެރި އަދި ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ބޭއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ފައްޓަވާފަ. އިރާދަކުރެއްވިއްޔާ މިކަން ސަރުކާރުން ކާމިޔާބުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ