Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

ޑްރޯނު ގަތުމާ ގުޅޭ މައުލޫމާތު 241 ކޮމިޓީއާ ހިއްސާކުރެވިދާނެ، ގަތީ އުސޫލުތަކުގެ ތެރެއިން: ޣައްސާން

ތުރުކީވިލާތުގެ ކުންފުންޏަކުން އުފައްދާ ބައިކްތާރު އަންމޭންޑް އޭރިއަލް ވެހިކަލްތައް ގަތުމުގެ މުއާމަލާތާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކޭ ބެހޭ ކޮމިޓީއާ ހިއްސާކުރެއްވިދާނެކަމަށާއި، އެ މުއާމަލާތް ކުރިއަށްގެންގޮސްފައިވާނީ ޤާނޫނާއި ޤަވާއިދުތަކުގެ އިމުގެ ތެރެއިންކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެންބަރުން މިނިސްޓަރާ ކުރާ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިއަދު މަޖިލީހަށް ވަޑައިގެން ޑްރޯނުގެ މުއާމަލާތާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޣައްސާން ވިދާޅުވީ ޑްރޯނު ހޯދުމުގެ މުއާމަލާތަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ހިންގާފައިވާ މުއާމަލާތެއް ކަމަށެވެ.

"މިމަޖިލީހަށް އަޅުގަނޑު ކަށަވަރުކޮށްދޭނީ ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް އެންމެ ފަހުން ހޯދުނު ޔޫއޭވީތައް ހޯދާފައިވަނީ ޤާނޫނުއަސާސީއައި ޤާނޫނުތަކާއި ޤަވާއިދުތަކުން ދެފުށް ފެންނަކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލުތަކެއްގެ ތެރެއިން،" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ އެ މުއާމަލާތާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ހުންނާނެކަމަށެވެ. އަދި އެ މުއާމަލާތާ ގުޅޭ ކަމެއް ބަލަން ދައުލަތުގެ އިދާރާއަކުން ބޭނުންވެއްޖެނަމަ އެކަން ބެލުމަށް އެލިޔެކިޔުން ލިބޭނެ ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ދިފާއީ ގޮތުން ކުރާ ޚަރަދުތަކުގެ ތަފުސީލުތައް ހުޅުވާލެވިފައިވާ ފޯރަމެއްގައި ހާމަކުރުމަކީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކުރާ ކަމެއް ނޫނެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާގައި އެ މައުލޫމާތު ހާމަކުރައްވަން އުޒުރުވެރިވެވަޑައިގަންނަވާކަމަށް ޣައްސާން ވިދާޅުވިއެވެ.

"މިކަހަލަ ފޯރަމެއްގައި އެއްވެސް ޤައުމެއްގައި ދިފާއީ ގޮތުން ކުރާ ޚަރަދުތަކުގެ ތަފުސީލު ހާމަކުރުމަކީ ކުރާ ކަމެއް ނޫން. އެހެންކަމުން އެމައުލޫމާތު މިތާނގައި އާންމުކުރަން އަޅުގަނޑު އުޒުރުވެރިވަން. 241 ކޮމިޓީގެ ސިއްރު ޖަލްސާއެއްގައި މި މައުލޫމާތު އަޅުގަނޑުމެންނަށް ހާމަކުރެވިދާނެ،"

ޑްރޯނު ގަތުމުގެ މުއާމަލާތާ ގުޅިގެން އިދިކޮޅު އެމްޑީޕީން އަންނަނީ ތަފާތު އެކި ތުހުމަތުތައް ސަރުކާރަށް އަމާޒުކުރަމުންނެވެ. އެތުހުމަތުތަކުގެ ތެރޭގައި ޑްރޯން ގަތުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ.

ނަމަވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒުވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ޑްރޯން ގަތުމުގައި ކޮރަޕްޝަނުގެ އެއްވެސް ކަމެއް ހިމެނިފައި ނޯންނާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ