Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

އެފްއޭއެމް ހިޔާނާތުގެ އަދާހަމަ: ތަހުގީގު އަވަސްކުރަން ފުލުހުންނާއި ޕީޖީން މަޝްވަރާކޮށްފި

އެފްއޭއެމް އާއި ގުޅޭ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް ފުލުހުންނާއި ޕީޖީން މަޝްވަރާކޮށްފިއެވެ.

މިއަދު ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވަނީ އެފްއޭއެމްގެ މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ ޓީމާއި ބައްދަލު ކުރައްވާފައެވެ.

މިކަމާ ގުޅިގެން ޕީޖީ އިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލު ވުމުގައި އެމައްސަލައިގައި ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާ އެމަސައްކަތްތައް ނިންމާނެ ގޮތުގެ ޓައިމްލައިނެއްގެ އިތުރުން އެ ތަހުގީގަށް އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އަދި އިތުރުން މިމައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމުމުގެ އިތުރުން މިމައްސަލައިގައި އިތުރަށް ތުހުމަތު ކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި އެއްބަސްވެވުނީ، ފުލުހުން މިމައްސަލައިގައި ކުރައްވަން ހުރި މަސައްކަތްތައް ނިންމަވައި، ވީހާވެސް އަވަހަކަށް، ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ހުށަހެޅުމަށެވެ.

އެފްއޭއެމް ގެ މިހާރުގެ ރައީސް ބައްސާމް އާއި ދެކޮޅަށް މަނީ ލޯންޑަރިންނާއި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތުގައި ކުރިމިނަލް ކޯޓުގައި ދައުލަތުން ވަނީ ދައުވާ ކޮށްފައިވެއެވެ. އެފްއޭއެމް އާ ގުޅޭ މައްސަލަތަކެއް ވެސް ބަލަމުން އަންނަ ކަމަށާއި ނަމަވެސް އަދި އެކަމާ ގުޅޭގޮތުން "ކޮމެންޓެއް" ކުރެވެން ނެތް ކަމަށް މީގެ ކުރިން ދިޔަރެސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތޮލާލް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ