Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިލާތުގެ އިއްތިޙާދު

ޣައްޒާ އޮތީ ނުރައްކާތެރި ފައްތަރެއްގައި: ޔޫރަޕިއަން ކޮމިޝަންގެ ރައީސް

ޣައްޒާ އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، އިންސާނީ ކާރިސާއެއް ވަރަށް އަވަހަށް ކުރިމަތިވެދާނެކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެއެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެން މިހެން ވިދާޅުވީ ބްރަސަލްސްގައި ބޭއްވި ޔޫރަޕިއަން ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ލީޑަރުން ކަމަށްވާ ޗާލްސް މިޝޭލް އާއި އުރުސުލާ ވޮން ޑަ ލެޔެން ވަނީ ޣައްޒާގެ މައްސަލައަށް ދެ ދައުލަތެއްގެ ހައްލެއް ގެނައުމަށް އީޔޫއިން ތާއީދުކުރާކަން ތަކުރާރުކޮށް ވިދާޅުވެފައެވެ.
"ރަފާގައި ގްރައުންޑް އޮޕަރޭޝަނެއް ނުހިންގުމަށް އިޒްރޭލު ސަރުކާރަށް އިލްތިމާސް ކުރަން،"
ވޮން ޑަ ލެޔެން ވަރަށް ސާފުކޮށް ވިދާޅުވި އެވެ.
މިޝޭލް ވަނީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި އިސްރާއީލުން އެއްގަމު އޮޕަރޭޝަނެއް ހިންގާނަމަ އެކަމަށް ސަމާލުކަން ދެއްވައި ހާލަތުގެ ސީރިއަސްކަމަށް އަލިއަޅުއްވާލައްވާފައެވެ.
މިފަދަ އޮޕަރޭޝަނެއް ފަށައިފިނަމަ އޭގެ ނަތީޖާ އަކީ ކޮބައިތޯ ވިސްނާލަން ޖެހޭ ކަމަށް، މިފަދަ ފިޔަވަޅެއްގެ ސަބަބުން އިންސާނީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތެރި ގެއްލުންތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވިއެވެ.
އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ މެދު އީޔޫގެ ސްޓޭންޑް ތަކުރާރުކުރައްވައި، ހާއްސަކޮށް އިޒްރޭލުގެ ގަވައިދާ ހިލާފަށް ވަޒަންވެރިވުން ކުށްވެރިކޮށް، ސިޔާސީ މަރުހަލާ އަލުން ފެށުމަށް އޭނާ ވަކާލާތު ކުރެއްވިއެވެ.
ވޮން ޑަ ލެޔެން ދެއްކެވި ވާހަކަފުޅުގައި، އިންސާނިއްޔަތާ ޚިލާފަށް އިސްރާއީލުން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންތަކަށް ހުއްޓުމެއް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އެކަމަނާ ވިދާޅުވީ ޣައްޒާ އޮތީ ބަނޑުހައިހޫނުކަމުގެ ކާރިސާއެއްގެ ތުންފަތްމަތީގައި ކަމަށާއި އެއީ އިންސާނީ ނުރައްކާތެރި ހާލަތެއް ކަމަށެވެ.
ޔޫރަޕިއަން ކައުންސިލްގެ އިއްތިފާގުން ވަނީ ޣައްޒާއަށް ފުރިހަމަ، އަވަސް، ރައްކާތެރި އަދި ހުއްޓުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅުތަކަށް ތާއީދުކޮށްފައެވެ.
އަދި ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތަށް ލުޔެއް ހޯދައިދިނުމަށްޓަކައި، ރަހީނުކޮށްފައިވާ މީހުން އެއްވެސް ޝަރުތެއްނެތި ދޫކޮށްލުމަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލީޑަރުން ގުޅިގެން ގޮވާލެއްވިއެވެ.
އެގޮތުން އެއްގަމާއި ވައިގެ މަގުންނާއި ކަނޑުގެ މަގުން ދުވާލެއްގެ މައްޗަށް 500 ޓްރަކް ނުވަތަ އެއާ އެއްވަރުގެ ޓްރަކް ޣައްޒާއަށް ވަނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެ ބޭފުޅުން ވަނީ އަލިއަޅުއްވާލައްވާފައެވެ.
އަދި ދެމެހެއްޓެނިވި ސުލްހައެއް ޤާއިމުކުރުމަށް އީޔޫއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ދެބޭފުޅުން ވަނީ ދެއްވާފައެވެ.
މި ލިއުމާއި ގުޅޭ