Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ކުޑަކުދިންގެ އޮރިޔާންފޮޓޯ ޑައުންލޯޑުކުރި މީހާއާއެކު ހެދީ ނަސޭހަތުގެ އެއްބަސްވުމެއް

ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯއާއި ފޮޓޯ ޑައުންލޯޑުކުރި މައްސަލައިގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާކުރުމުގެ ބަދަލުގައި ހެދީ ނަސޭހަތުގެ އެއްބަސްވުމެއް ކަމަށް އެ އޮފީހުން ބުނެފި އެވެ.
ފުލުހުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ ޑައުންލޯޑުކުރި މައްސަލަތަކުގައި މައުލޫމާތު ފުލުހުންނަށް ލިބުނީ ބޭރުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަކުން ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ފޮޓޯއާއި ވީޑިއޯތަކުގައި ހިމެނެނީ ރާއްޖެއިން ބޭރު ކުދިންނެވެ.
އެގޮތުން އެފަދަ ދެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އޭގެން އެއް މައްސަލައިގައި އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ދައުވާކުރަން ފޮނުވި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެކަމަކު، ޕީޖީ އޮފީހުން އިއްޔެ މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އެ ފިރިހެން މީހާގެ މައްޗަށް ދައުވާނުކޮށް ހެދީ ނަސޭހަތުގެ އެއްބަސްވުމެކެވެ. އަދި އެ އެއްބަސްވުމަށް މިދިޔަ ނޮވެމްބަރު މަހު 15 އިން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުން ގާނޫނުގައި ވަކި ކުށެއްގެ ގޮތުގައި ނޯވެ އެވެ. ގާނޫނުގައި ހަމައެކަނި އޮންނަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ކަމަށެވެ. އެއީ އަސާސީ އަދަބަކަށް 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޮންނަ ކުށެކެވެ.
އެހެންކަމުން، އެ ކުށުގައި ހިމެނޭ މީހާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި، އޭނާ ކުރި ކުށަށް އިއުތިރާފުވެ ދެރަވާކަން ހާމަކޮށްފައިވާތީ އެއް އަހަރުގެ މުއްދަތަށް ނަސޭހަތުގެ އެއްބަސްވުމެއް ހެދީ ކަމަށް ޕީޖީން ބުންޏެވެ.
އެ މައްސަލައިގައި ޑައުންލޯޑުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ކުދިންގެ އުމުރުފުރާއަށް ބަލާއިރު ދެ އަހަރުކަމަށް ބެލެވޭ ކުދިންނާއި ހަމައިން ފެށިގެން 18 އަހަރާ ދެމެދުގެ އެކި އުމުރުފުރާގެ ކުދިންގެ ވީޑިއޯއާއި ފޮޓޯ ޑައުންލޯޑުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ