Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބައި މިލިއަން ފަތުރުވެރިންނާއެކު އަމާޒުގެ 25 އިންސައްތަ ހާސިލުވެއްޖެ

މިއަހަރުގެ މިހާތަނަށް 500,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައުމާއެކު މިއަހަރުގެ ފަތުރުވެރިކަމުގެ އަމާޒުގެ 25 އިންސައްތަ ހާސިލުކުރެވިއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 524,339 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް ސޯޝަލްމީޑިއާގައި އިއްޔެ ވިދާޅުވެފައިވަނީ ޓޫރިޒަމް ޓާގެޓުން %25 ހާސިލުވެއްޖެއެވެ. އަދި މިއީ ލަފާކުރި ވަރަށްވުރެ އަވަހަށް ހާސިލުވި ކާމިޔާބީއެއް ކަަމަށާއި މިއީ ދާއިރާގައ މަސައްކަތް ކުރާ އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ގުޅިގެން މަސައްކަތް ކުރުމަށް ގޮވައިލައްވައިފައެވެ.

މިއަހަރަށް ސަރުކާރުން ކަނޑައެޅި އަމާޒަކީ އަހަރުގެ ނިޔަލަށް 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ދުވާލެއްގެ މައްޗަށް މިހާރު އެވްރެޖްކޮށް 6,600 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދެއެވެ. އަދި އަހަރަކަށްފަހު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އަށް ދުވަހަށް ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އާންމު ގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަނީ 7.6 ދުވަހެވެ.
ނަމަވެސް ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސްތަކުގެ އަދަދު މި މަހު ވަނީ 8.1 އަށް އިތުރުވެފައެވެ.
މި ލިއުމާއި ގުޅޭ